ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 09:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
ރޮއިޓަރސް
އިނގިރޭސި ޕްރިމިއާ ލީގު
ބޯންމައުތު އަތުން ފަހު ވަގުތު ލިވަޕޫލް މޮޅުވެއްޖެ
މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަަހައި ކުރި ހޯދާފައި ވަނިކޮށް، ބޯންމައުތުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހައިގެން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު އަތުން، ފަހު ވަގުތު ލިވަޕޫލް މޮޅުވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ.

މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަަހައި ކުރި ހޯދާފައި ވަނިކޮށް، ބޯންމައުތުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހައިގެން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ހޫގޯ އެކިޓީކޭ އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ގަކްޕޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެކިޓީކޭ އެވެ.

ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަންޓުއާން ސެމެންޔޯ އެވެ. އޭގެ 12 މިނެޓު ފަހުން ސެމެންޔޯ ވަނީ ބޯންމައުތުގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގައި އަލުން ލީޑު ނެގުމަށް ލިވަޕޫލް އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ ފަހު ވަގުތު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ފެޑެރިކޯ ޗިއެސާ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. އޭނާ އެ ލަނޑު ޖެހީ ވަޓަރު އެންޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ލީގުގައި ދެން ލިވަޕޫލް އަށް އޮންނާނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް