Advertisement
ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 12:47
އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު، ރާއްޖެޓީވީގެ ފަލަސުރުޚީ ޕޮރޮގްރާމްގައި ވާހަކަ ދައްކަވަނީ
އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެން އަމްރު، ރާއްޖެޓީވީގެ ފަލަސުރުޚީ ޕޮރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ލާމަރުކަޒީ ނިޒާމު
ރައްޔިތުން އިންތިހާބު ކޮށްފައިތިބި ފަރާތްތަކަކީ މި ސަރުކާރު ކުރިމަތީ އެއްވެސް ބަޔެއް ނޫން: އަމްރު
މިސަރުކާރުން، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކޮށް މަޖްލިސް ވަނީ ހިސޯރުކޮށްފައި
މިހާރު ފާސް ކޮށްފައިވާ ބިލުން ކައުންސިލުތަކުގެ ބާރު އެއްކޮށް ކަނޑާލާ، ލާމަރުކަޒީ ނިޒާމު ވަނީ ފުނޑާލާފައި
މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ބާރު ވަނީ ކަނޑާލާފައި

ދިވެހި ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ކޮށްފައިވާ ފަރާތްތަކަކީ މި ސަރުކާރު ކުރިމަތީގައި އެއްވެސް އަގެއްހުރި ބަޔެއް ނޫން ކަމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމުގައެވެ.

އެގޮތުން ސަރުކާރަަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމުން، ގާނޫނަށް ގެނައި ބަދަލަކުން ރައްޔިތުންގެ ވޯޓުން ހޮވި މެމްބަރު މަގާމުން ވަކި ކުރުމުގެ ބާރު ޕާޓީއަށް ދެވިގެން ދިޔައެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕާޓީގެ އެންމެ އިސްފަރާތަކީ ރައީސް މުއިއްޒު ކަމުގައި ވާއިރު، މާދަމާވެސް ޕާޓީގެ ލީޑަރު މެމްބަރަކު ޕާޓީއިން ވަކި ކޮށްފި ކަމުގައި ވަނީނަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އެހެންކަމުން ރައްޔިތުން އިންތިހާބުކުރި މީހާ އެއްވެސް މީހަކަށް ނުވާކަމުގައި އަމްރު ވިދާޅުވިއެވެ. ރިޔާސީ ނިޒާމެއްގައި 3 ބާރު ވަކިވެފައި އޮންނަންޖެހޭ އިރު، ރާއްޖޭގައި މިހާރު ހުރިހާ ބާރެއްވެސް މި އޮންނަނީ ސީދާ ރައީސް މުއިއްޒުގެ މުށުތެރޭގައެވެ.

އަމްރުވަނީ މިސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ބާރު އެތައްގޮތަކުން ކެނޑިގެން ދާނެކަންވެސް ފާހަގަ ކުރައްވާފައެވެ. ކައުންސިލްތަކުގެ ބާރު ކުޑަކުރަމުން ގޮސް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް ދެން އެއްވެސް ކަމެއް ކުރަން ވަރަށް ދަތިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕޮރޮޖެކްޓްތައް ހިންގުމާ ވިޔަފާރި ކުުރުމަށް އެއްވެސް ހުރަހެއް ނެތް އިރު، ކައުންސިލް ތަކަށް އެކި މިފަދަަ ކަންކަން ކުރަން ހުރަސްއެޅޭ ގޮތަށް ގާނޫނުތައް ފާސްކުރުން ދެކޮޅު ނުޖެހޭ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ތިމަންނާގެ ވެރިކަމަކީ ރައްޔިތުންގެ ވެރިމަކޭ، މިހުރީ ރައްޔިތުންގެ ފަޅީގައޭ ވިދާޅުވިޔަސް، ހަގީގަތުގައި ރައީސް މުއިއްޒު ހުންނެވީ އެމަނިކުފާނު އައްޔަންކޮށްފައިވާ އެތަކެއް ހާސް ސިޔާސީ މީހުން ގޮވައިގެން އެހެންފަޅިއެއްގައި ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރުވަނީ، މިވެރިކަމުގައި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ބާރުވެސް މުޅިން ކަނޑަލާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ކޯޓުތަކާ މިނިވަން މުއައްސަސާ ތަކަށްވެސް މެމްބަރުން އައްޔަންކުރަނީ، ރައީސް މުއިއްޒު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރާ ބީދައިން ކަމުގައި އަމްރު ވިދާޅުވިއެވެ. މިހެން ވުމުގެ ސަބަބުން ސަރުކާރުން ކިތަންމެ ބޮޑެތި ގޯސްތަކެއް ހެދިޔަސް އެކަންކަން ބަލާ ފިޔަވަޅު އަޅާނެ ފަރާތެއް ނެތްކަން އަމްރު ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް