Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 18:46
ރައީސް މުއިއްޒު ދޮންފަނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުން - 13 އޮގަސްޓް 2025
ރައީސް މުއިއްޒު ދޮންފަނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުން - 13 އޮގަސްޓް 2025
ރައީސް އޮފީސް
ބ. ދޮންފަނު
ދޮންފަނު ގެ ފެނާއި ނަރުދަމާ ގެ މަސައްކަތް ލަސްވާތީ އެ ކަމުގެ ކަންބޮޑުވުން ކައުންސިލުން ރައީސް އަށް ދަންނަވައިފި
ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް
ދޮންފަނު ފުޓްބޯޅަ ދަނޑާއި ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން އައު ކައުންސިލް އިމާރާތެއް ބޭނުންވާކަން ފާހަގަކުރި
ރަށުގެ ސިއްހީ މަރުކަޒުގައި ނަރުހުން މަދުކަމުގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައި

ބ. އަތޮޅު ދޮންފަނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައިގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ރައީސް މުއިއްޒު އަށް ދަންނަވައިފިއެވެ.

ކައުންސިލުން މި ކަމުގެ ކަންބޮޑުވުން ފާޅު ކުރީ ރައީސް މުޙައްމަދު މުޢިއްޒު، ދޮންފަނު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބުދަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ދޮންފަނު ސްކޫލްގައެވެ.

ކައުންސިލުން ފާހަގަ ކުރިން އިތުރު ކަންބޮޑުވުން ތަކުގެ ތެރޭގައި ދޮންފަނު ފުޓްބޯޅަ ދަނޑުގެ ބައެއް މަސައްކަތްތަކާއި، ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮންސެޕްޓަށް ކައުންސިލުން ހުށަހަޅުއްވާ ބައެއްކަންކަން ހިމެނެއެވެ.

މީގެ އިތުރުން، ރަށު ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު ކައުންސިލް އިމާރާތެއް ލިބުމަށް އެދޭ ކަމަށް ކައުންސިލް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ސްކޫލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރަށުގެ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހުން މަދުކަމުން، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ވެސް ފާހަގަ ކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށެވެ.

- ކޮމެންޓް