Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 15:11
ބ. ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ - 13 އޮގަސްޓް 2025
ބ. ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ - 13 އޮގަސްޓް 2025
ރައީސް އޮފީސް
ރައީސް މުއިއްޒު
ހިތާދޫ އިން ގިނަ ކަންތައްތަކެއް ރައީސް މުއިއްޒު އަށް ހުށަހަޅައިފި، ވިދާޅުވީ ބައްލަވާނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ބ.ހިތާދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ބިމުގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަމާއި ބަނދަރުގެ ދަތިކަން ކައުންސިލުން ފާހަގަކޮށްފި
ޞިއްޙީ މަރުކަޒާއި ސްކޫލުގެ ޖާގައިގެ ދަތިކަމާއި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަށް އެދިފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ބ. އަތޮޅު ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ބުދަ ދުވަހު ހިތާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތުމާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށް ރަށުގައި ފުރުސަތުތައް ގާއިމު ކުރުމާއި ބަނދަރުގެ ދަތިކަމާއި ނެރުފައިކަށި މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ހަރުކުރުން ހިމެނެއެވެ. މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ހުށައެޅި ކަންކަމުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ. ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ހިތާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

- ކޮމެންޓް