Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 08:49
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
މުހައްމަދު އައްބާސް
ޕީއެންސީ ގެ ޕީޖީ ލީޑަރު ފަލާހް މެމްބަރު އައްބާސް ބިރުގަންނަވަން ވަޓްސްއެޕުން ފާޑުފާޑުގެ އެއްޗެހި ފޮނުވަމުންދާ ކަމަށް އައްބާސް ވިދާޅުވެއްޖެ
ސަރުކާރަށް ހުރި އެންމެބޮޑު ނުރައްކަލަކީ އައްބާސްކަމަށް ބުނެ އޭނާ ފުރޭމް ކުރުމަށާއި ފުރާނައަށް ނުރައްކާ ކުރުމުގެ މަސައްކަތް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވޭ
މިކަމަކީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި ޕީޖީ ގްރޫޕްގެ ބައެއް ލީޑަރުން އިސްވެ ތިއްބަވައިގެން ރާވަމުންދާ ކަމެއް
އޭނާ ބިރުގެންނެވުމުގެ ނިޔަތުގައި އެކިކަހަލަ އެއްޗިހި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އޭނާގެ ފޯނަށް ވަޓްސްއަޕުން ފޮނުވާފައިވޭ

ސަރުކާރަށް ހުރި އެންމެބޮޑު ނުރައްކަލަކީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަމަށް ބުނެ އޭނާ ފުރޭމް ކުރުމަށާއި، އޭނާގެ ނަފުސާ، ފުރާނަ އަށް ނުރައްކާ ކުރަން ވަރަށް ބޮޑަށް ރާވަމުންދާކަމުގެ މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ހެނދުނު އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ، ހެޔޮއެދޭ އެކިފަރާތްތަކުން އޭނާ އާ އެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ.

"މިކަމަކީ ޕީ.އެން.ސީ ގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހު އަދި ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައެއް ލީޑަރުން އިސްވެ ތިއްބަވައިގެން ޕްލޭންކޮށް ރާވަމުންދާ ކަމެއް ކަމަށް ބާރު ލިބޭ ހެކިތަކެއް ވަނީ އަޅުގަނޑަށް ލިބިފައި ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން،" އައްބާސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ އަކަށް ހުންނެވި އަސްއަދު ސައީދު ފޭސްބުކްގައި އޭނާ ގެ ނަފުސަށާއި ފުރާނަ އަށް ނުރައްކާވާ ގޮތަށް ދީފައިވާ އިންޒާރު ފާހަގަ ކުރައްވާ ކަމަށެވެ.

އައްބާސް ވިދާޅުވީ، އޭނާ ބިރުގެންނެވުމުގެ ނިޔަތުގައި އެއްވެސް އަސްލެއްނެތް ހަގީގަތާ ހިލާފު، އެކިކަހަލަ އެއްޗިހި ޕީ.އެން.ސީ ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އޭނާ ގެ ފޯނަށް ވަޓްސްއަޕުން ފޮނުވާފައިވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

މި ކަންކަމަކީ ފާއިތުވި ދުވަސްތަކުގައި އޭނާގެ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި އަދި ދިވެހި ރައްޔިތުންގެ ހައްޤުގައި ހައްޤު ބަސް ބުނަމުން ދިއުމުގެ ސަބަބުން އޭނާގެ އަނގަ ބަންދުކޮށް ފަހަތަށް ޖެއްސުމުގެ ނިޔަތުގަޔާއި، މިނިވަންކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅުމަށް ހުުރަސްތަކެއް ކުރިމަތި ކުރުވުމުގެ ނިޔަތުގައި ކުރަމުންދާ ވަރަށް ނާތަހުޒީބު ޑިމޮކްރަސީގެ ހަމަތަކާއި، އުސޫލުތަކާއި ހިލާފު ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލުތަކެއް ކަމަށެވެ.

- ކޮމެންޓް