Advertisement
ކ. މާލެ
|
10 ޑިސެންބަރ 2025 | ބުދަ 13:35
އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ
އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ
ރާއްޖެއެމްވީ
ކަންނެލި މަސްވެރިންގެ އިހުތިޖާޖު
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ އިހުތިޖާޖު ފެށީ 49 ދޯންޏާއެކުގަ

ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުން ތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް ފުރައިފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މި އިހުތިޖާޖު 49 ދޯންޏާއެކު ފެށީ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ.

ހުޅުމާލެ ކަންނެލި ޖެޓީ އިން ފެށި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ބުދަ ދުވަހުގެ މެންދުރު 01:20 ހާއިރު މާލެ ކައިރި އަށް ދަތުރު ފަށާފަ އެވެ.

މި އިހުތިޖާޖު ގައި މަސްވެރިން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ 3 ޑިމާންޑެކެވެ.

އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

ސަރުކާރު ގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ.

ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާ އެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަން އިން ފާހަގަކޮށްފައިވެ އެވެ.

- ކޮމެންޓް