Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 19:34
ކްރޮސްރޯޑްސްގެ ބައެއް މަންޒަރުތައް
ކްރޮސްރޯޑްސްގެ ބައެއް މަންޒަރުތައް
ކްރޮސްރޯޑްސް މޯލްޑިވްސް
ކްރޮސްރޯޑްސް މޯލްޑިވްސް
ކްރޮސްރޯޑްސް މޯލްޑިވްސް އޯއީސީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިފި
ކްރޮސް ރޯޑްސް މޯލްޑިވްސް އޯއީސީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތައިލޭންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުން
ކްރޮސްރޯޑްސްގެ ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނެއް
ކްރޮސްރޯޑްސްގެ ކޮރަލް އޭރިއާ 2018 އިން 2023 އާ ހަމައަށް 1،300 އަކަ މީޓަރުން 1،800 އަކަ މީޓަރަށް ބޮޑުވެފައިވޭ

ކްރޮސް ރޯޑްސް މޯލްޑިވްސް ' އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝަޒް" (އޯއީސީއެމް)ގެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ކްރޮސްރޯޑްސް ހިންގަނީ ބެންކޮކް ތައިލޭންޑް : ގްރޫޕް އޮފް ސިންގާ އެސްޓޭޓް ޕީއެލްސީގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވައިރޮމެންޓްގެ ފަރާތުން ހުށަހަޅާފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް އަކީ އޯއީސީއެމްގެ ކެނޑިޑޭޓެއް ކަމަށް ކަނޑައަޅާފައި ވަނީ ތައިލޭންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުންނެވެ.

މިއީ ތައިލެންޑުގެ ކުންފުންޏަކުން ހިންގާ މަޝްރޫއުއަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ވާއިރު, އޯއީސީއެމްތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި އާއްމުންގެ ޖަމާއަތްތަކުން ބަލަހައްޓަމުންދާ ތަންތަން ހިމެނެއެވެ.

އޯއީސީއެމް އަކީ އދ.ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގައިވާ ގޮތުން ޤައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ފެށި ރައްކާ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބެލެއްޓުމަށް މަސައްކަތް ކުރާ ތަންތަންކަން ފާހަގަކޮށްލެވެއެވެ.

ކްރޮސްރޯޑްސްގެ ބައެއް މަންޒަރުތައް

1.75 މިލިއަން އަކަމީޓަރުގެ ކްރޮސްރޯޑްސް މޯލްޑިވްސް ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ ސަރަހައްދެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އަދި މި ސަރަހައްދަކީ އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައިވެސް އެ ވުޒާރާއިން ކަނޑައަޅާފައިވެއެވެ.

މި ނިންމުން ނިންމާފައި ވަނީ އެސްއެޗްއާރްގެ ދެމެހެއްޓެނިވި ތަަރައްގީގެ ސްޓްރެޓަޖީގައި ކްރޮސްރޯޑްސް މޯލްޑިވްސް އިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދިނުމަށް ކަމަށް ކްރޮސްރޯޑްސް އިން ބުނެއވެެ. މިއީ ގޯލްބަލް 30×30 އިނީޝިއޭޓިވްގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބަޔޯޑައިވާސިޓީގެ 30 ޕަސެންޓް ރައްކާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް ކްރޮސްރޯޑްސް އިން ޤަބޫލުކުރެއެވެ.

އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އޭގެ ދަށުން ހިމެނޭ ގަވާއިދުތަކުގެ ތެރެއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭ ނުހިމެނޭ ތަންތަނެވެ.

އެފަދަ ތަންތަނަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓާ ތަންތަނަށް ވާންޖެހެއެވެ. އަދި އެ ސަރަހައްދަކީ އެތަނެއްގެ ސަގާފަތާއި އިގުތިސާދާއި އިޖުތިމާއީ އަދި މުޖުތަމައީ އަގުމަގުތައް ދެމެހެއްޓުމުގައި މަސައްކަތް ކުރާ ސަރަހައްދަކަށް ވާން ޖެހެއެވެ. ޚާއްސަކޯށް އެ ސަރަހައްދުގެ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިކޯސިސްޓަމް ބަލަހައްޓާ ތަނަކަށް ވާންޖެހޭކަން ފާހަގަކޮށްލެވެއެވެ.

ކްރޮސްރޯޑްސް ސަރަހައްދުގައި ޑައިވަރެއް

ކްރޮސްރޯޑްސް އިން އިތުރަަށް ބުނެފައިވާ ގޮތުގައި މި މި މަޝްރޫއިން އާންމު މުޖުތަމައުއާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މެރިން އިކޯސިސްޓަމް ރައްކާތެރިކުރަން ދެމުންއައި އިސްކަމާއި ކުރާ މަސައްކަތް ދައްކުވައިދެއެވެ. އެހެންކަމުން މިއީ މުހިންމު ނިންމުމެއް ކަމަށް ކްރޮސް ރޯޑްސް އިން ޤަބޫލުކުރެއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ކްރޮސްރޯޑްސް އިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ކްއެގޮތުން ރޮސްރޯޑްސްގެ ކޮރަލް ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ކޮރަލް ޝޭޑިން ދިރާސާ އާއި ފެނުގެ ކޮލިޓީ ބަލާ ސާވޭ އާއި ކޮރަލް ޕްރޮޕަގްރޭޝަން ފަދަ ހަރަކާތްތައް ކާމިޔާބުކަަމާއި އެކު ކުރިއަށް ގެންގޮސްފައިވެ އެވެ.

މި މަސައްކަތުގެ ނަތީޖާއަކީ އެ ސަރަހައްދުގެ ކޮރަލް އޭރިއާ 2018 އިން 2023 އާ ހަމައަށް 1،300 އަކަ މީޓަރުން 1،800 އަކަ މީޓަރަށް ނޮޑުވުމެވެ. ހަމައެހެންމެ ކޯމަސް ހިމެނޭހެން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔީސީއެން) އިން ވަލްނަރަބަލް ޓު ކްރިޓިކަލީ އެންޑޭންޖާޑް ކަމަށް ކަނޑައަޅާފައިވާ 23 ވައްތަރެއްގެ ދިރުން މި ސަރަހައްދުގައި އެކުލެވިގެންނެވެއެވެ. އެ ގޮތުން މި ސަހަރައްދުން ދާދި ފަހުން ކުރި 246 ދަތުރެއްގައި 7،851 ކޯމަސް ފެނިފައިވާ ކަމަށް ކްރޮސްރޯޑްސް އިން ވަނީ ފާހަގަކޮށްފައެވެ.

- ކޮމެންޓް