Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 18:39
ރައީސް މުއިއްޒު ބ. ކުޑަރިކިލުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަފުޅުދައްކަވަނީ: ވިދާޅުވީ އެ ރަށަށް ވެވަޑައިގެނެވި ވައުދުތައް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް
ރައީސް މުއިއްޒު ބ. ކުޑަރިކިލުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަފުޅުދައްކަވަނީ: ވިދާޅުވީ އެ ރަށަށް ވެވަޑައިގެނެވި ވައުދުތައް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް
ރައީސް އޮފީސް
ރައީސް މުއިއްޒު
ރިޔާސީ އިންތިޚާބުގައި ދިން ތާއިދާއި އިތުބާރުގެ ނަތީޖާ ދައްކާނަން: ރައީސް
ރިޔާސީ އިންތިޚާބުގައި ދެއްވި ތާއިދާއި އިތުބާރުގެ ނަތީޖާ ދައްކައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި
ޔަގީންކަން ރައީސް މުއިއްޒު ދެއްވީ ބ. ކުޑަރިކިލަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ
ކުޑަރިކިލުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވި

ރިޔާސީ އިންތިޚާބުގައި ދެއްވި ތާއިދާއި އިތުބާރުގެ ނަތީޖާ ދައްކައި ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޑަރިކިލަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުޑަރިކިލަށް ވަޑައިގެން ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތައް ވެވަޑައިގެން ގޮތަށް ފުއްދަވާދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ މަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގައި ކުޑަރިލިކުގެ ރައްޔިތުން ދެއްވި ތާއިދާއި އިތުބާރަށް ޝުކުރު ވިދާޅުވެފައެވެ.

އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކައިދޭނަމޭ. އެހެންވީމާ، މި ރަށުގެ ކަންކަމުގައި ވެސް އަޅުގަނޑު ތިބޭފުޅުންނަށް ވީ ވައުދުތައް ފުރިހަމަކަމާ އެކީގައި އަދާކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ބ އަތޮޅުގެ ރައްތަކުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދައި މިހާރު އެކަމަށް ތައްޔާރުވެފައި ވާކަމަށާއި ހަމަ އެފަދައިން ކުޑަރިކިލުގައި ވެސް މަޝްރޫއުތައް ފެށުމައް ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން މިކަންކަން ނުވެ ދިއައީ ދިމާވި އެކިއެކި ދަތިތަކާއި ހެދި ކަމަށާއި ނަމަވެސް މިހާރު އެ ދަތިތަކުން އަރައިގަނެވި، ހުރިހާކަމެއް ވެސް ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ހަމަ އެފަދައިން ކުޑަރިކިލުގައި ވެސް ވައުދުވެފައިވާ ފަދައިން ބަރާބަރަށް މަސައްކަތް ތައް ކުރިއަށް ދާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަހުގެ ތެރޭގައި މަސައްކަތްތައް ފެށޭނޭ ކަމަށާއި، އަދި މަސައްކަތް ފެށިގެންދާނީ ބާރު ސްޕިޑުގައި ނިންމާލެވޭނޭ ގޮތަށް ކަމަށެވެ. އެގޮތުން މަސައްކަތް ފަށާ ގިނަ ވެގެން ހަ މަސްދުވަހުގެ ތެރޭގައި ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލެވޭނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ މަގުހެދުމުގެ މަސައްކަތަކީ ވެސް ވެވަޑައިގެންނެވި ވައުދެއް ކަމާއި މަގުހެދުމުގެ މަސައްކަތް ފެށުމަށް މިހާރުވާނީ އާރުޑީސީ އާއި ހަވާލުކުރެވިފައި ކަމަށެވެ. އަދި ފެނާއި ނަރުދަމާ އަކީ މަގުތައް ހެދުމަށް ޓަކައި ނިންމަން ޖެހޭ ކަމެއް ކަމަށް ވުމުން މި ދެކަންތައް ވެސް ގުޅިލާމެހިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ގެންދަވަނީ ބ. އަތޮޅަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ.

- ކޮމެންޓް