Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 18:48
ގާނޫނީ ވަކީލް ނިޝާން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ފްލެޓުތަކުގެ އާ އުސޫލުތަކުގައި މިސަރުކާރުން ރައްޔިތުން ލައްވާ ސޮއި ކުރުވަނީ މަޖުބޫރުކޮށްގެން ކަމަށް ވިދާޅުވި
ގާނޫނީ ވަކީލް ނިޝާން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ފްލެޓުތަކުގެ އާ އުސޫލުތަކުގައި މިސަރުކާރުން ރައްޔިތުން ލައްވާ ސޮއި ކުރުވަނީ މަޖުބޫރުކޮށްގެން ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
ފްލެޓް އެގްރިމެންޓް
ފްލެޓުތަކުގެ އާ އުސޫލުތަކުގައި މިސަރުކާރުން ރައްޔިތުން ލައްވާ ސޮއި ކުރުވަނީ މަޖުބޫރުކޮށްގެން، ގާނޫނާއި ޚިލާފަށް: ނިޝާން
ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ މީހުންނާއެކު ސޮއިކުރި ފްލެޓް އެއްބަސްވުމަށް މި ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައޖ
ސަރުކާރުން ރައްޔިތުން ލައްވާ އާ އެއްބަސްވުމުގައި ސޮއިކުރުވަނީ މަޖުބޫރުން ކަމަށް ޤާނޫނީ ވަކީލް ނިޝާން ވިދާޅުވޭ
ގެދޮރުގެ ހައްޤު ހޯދަން ނުކުންނަ ރައްޔިތުންނަށް ސަރުކާރުން ހުރަސްއަޅަމުންދޭ

މީގެ ކުރިން ފްލެޓް އެއްބަސްވުމުގައި 3774 މީހުން ސޮއިކޮށްފައި އޮއްވާ، މި ސަރުކާރު އައިސް އުސޫލުތައް ބަދަލުކޮށް، އެ އުސޫލުތަކުގައި ރައްޔިތުން ލައްވާ އެ ސޮއިކުރުވަނީ މަޖުބޫރުކޮށްގެން ކަމަށާއި އެއީ ސީދާ ގާނޫނާއި ޚިލާފަށް ކުރުވާ ކަމެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނިޝާން އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ހައުސިންގ ޔުނިޓްތަކަކީ ކުރީ ސަރުކާރުގައި އިމާރާތްކޮށް، ސްޓަރަކްޗަރގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ މަޝްރޫއެކެވެ. އަދި ފްލެޓު ލިބޭނެ މީހުންގެ ލިސްޓް ވެސް ފައިނަލް ކޮށް އެ ފަރާތްތަކަށް ލިޔުން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރު އައިސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ"ގެ ފްލެޓްތަކުގެ އެއްބަސްވުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ކުރީ ސަރުކާރުން ތަރައްގީ ކުރި 4000 ފްލެޓް ލިބޭނޭ ފަރާތްތަށް ކަނޑައަޅައި ލިޔުންވެސް ހަވާލުކުރެވިފައި ވަނިކޮށް، މި ސަރުކާރު އެ އެއްބަސްވުންތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ނިޝާން ވިދާޅުވީ މީހަކަށް ނުވަތަ ބަޔަކަށް މަޖުބޫރުކޮށްގެން ކަމަކަށް އެއްބަސް ކުރުވުމަކީ ގާނޫގައި ނަމާކޮށްފައި އޮންނަ ކަމެއް ކަމަށެވެ.

ނިޝާން ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހަމަތަކަކީ އެއް ވެސް ތާކުންތާކު ނުޖެހޭ ހަމަތަކެއް ކަމަށާއި އެކަން ސަރުކާރުން ވެސް ގަބޫލުކުރަން ޖެހޭނޭ ކަމަށެވެ. އޭނާ ވިދާޅުވީ ގޯތިގެދޮރާއި ބެހޭ އުސޫލުތަކުގައި މައްސަލަ އުޅޭކަމަށް ޚުދު ރައީސް މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރައީސް ވިދާޅުވި އުސޫލުތަކުގައިވާ މައްސަލައެއް ހައްލުކުރަން މި ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށް ނިޝާން ވިދާޅުވި އެވެ.

އަދި ގެދޮރުގެ ހައްގު ގެއްލިގެން އެ ހައްގު ހޯދަން ނުކުންނަ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ މި ސަރުކާރުން ވެރިކަން ހިމާޔަތްކުރުމަށް ހަދަން ޖެހޭ އުސޫލުތަކާއި ގާނޫނުތައް ހެދުމުގައި އަވަދިނެތި އުޅޭ މަންޒަރު ފެންނަ ކަމަށެވެ.

ނިޝާން ވިދާޅުވި ގެދޮރުގެ ހައްގު ހޯދަން ނުކުންނަ ރައްޔިތުންނަށް އެ ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ދާން ޖެހޭ ތަންތަނަށް ދިއުމަށް ހުރަސް އަޅަން ބެރިކޭޑު ޖަހާފައިވާ ކަމަށާއި އެކަން އެގޮތަށް އެ ކުރަނީ އެ ފަރާތްތަކާއި މެދު ޖިނާއީ ދައުވާ އުފުލޭނެ ގޮތެއް ހޯދަން ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ހަމައެއް ގާނޫނުގައި ނެތް ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ މީގެ ކުރިން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންލައްވައި މި ސަރުކާރުން އުސޫލުތައް ބަދަލުކޮށް އާ އެއްބަސްވުމޭ ކިޔާ ރައްޔިތުން ލައްވައި ސޮއިކުރުވަމުން އެ ގެންދަނީ މަޖުބޫރުކޮށްގެން ބިރުދައްކައިގެން ކަމަށެވެ. އަދި އެއީ ސީދާ ގާނޫނާއި ޚިލާފަށް މި ސަރުކާރުން ކުރުވާ ކަމެއް ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ފްލެޓެއް ލިބިގަތުމަށް، އަދި ފްލެޓެއް ދޫކޮށްލުމަށް، ނުވަތަ ވަކިކަމެއް ކުރާކަށް، ވަކިކަމެއް ނުކުރާކަށް އެއްވެސް މީހަކު ލައްވައި މަޖުބޫރުކޮށްގެން އެއްވެސް ލިޔުމެއްގައި ސޮއިނުކުރުވޭނޭ ކަމަށެވެ. އަދި އެއީ މި ސަރުކާރުން ކުރާ ގާނޫނާއި ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ދައްކާހާ އެއްޗެއްގައި ސޮއިކުރާކަށް ނުޖެހޭނެ. ސަރުކާރުން ބުނާހާ އެއްޗެއް ވެސް ގަބޫލުކުރާކަށް ނުޖެހޭނެ އެއްބަސްވުމުގެ ގާނޫނުގެ ރޫހާއި ޚިލާފުކަމެއް އެއީ. އެއްބަސްވުމުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އޮންނާނެ، އެއްބަސްވުމުގައި ސޮއިކުރަން ވާނީ އެއްބަސްވެގެންނޭ. ކުރީގަ އަޅުގަނޑުޔ މިދެންނެވި 3774 އެއްބަސްވުމުގައި ރައްޔިތުން ސޮއިކޮށްފަ އޮއްވާ ފަހުން އެ އުސޫލުތައް ބަދަލުގެނެސްގެން މަޖުބޫރުން އެ ސޮއިކުރަވަނީ. މިހާރު އާ އުސޫލުތަކުގައި ސޮއި އެ ކުރުވަނީ މަޖުބޫރުން.

މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ މި ސަރުކާރުން ފްލެޓް މައްސަލާގައި މުޅިން ވެސް އަމަލުކުރަމުން އެގެންދަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުތަކާއި ވެސް އަދި ރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާފައި ނިންމުންތަކާއި ވެސް ޚިލާފަށް ކަމަށެވެ.

- ކޮމެންޓް