Advertisement
ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 22:41
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ވަނީ ހަދާފައި
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ވަނީ ހަދާފައި
ރާއްޖެއެމްވީ
ޒަކިއްޔާ މޫސާ
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ދައުވާކުރުމާ މެދު މަޝްވަރާ ކުރަނީ
ފުލުހުންގެ އިހުމާލު މި މައްސަލައިގައި އޮތުމާއެކު ތަހުގީގުން ފުލުހުން އެކަހެރިކޮށް ހާއްސަ އިންކުއަރީއެއް ހެދުމަށް އާއިލާއިން އެދިފައިވޭ
ބޮޑެތި ޒަހަމްތަކާއެކު ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނިފައިވަނީ 10 ސެޕްޓެމްބަރ 2024 ގައި
ޕީޖީއަށް މައްސަލަ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މުސާގެ މަރުގެ މައްސަލައިގައި ހިންގި ތަހުގީގުގައި ފުލުހުން އިހުމާލު ވެފައި ވާތީ އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމާއި މެދު ޕްރޮސެކިއުޓަރ ޖެނެރަލް އާއެކު މަޝްވަރާ ފަށައިފިއެވެ.

ޒަކިއްޔާ މަރުގެ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދެން ނިންމާ ޕީޖީ އޮފީހަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މަރުގެ ތަހުގީގު ހިންގި އޮފިސަރުންގެ ތަހުގީގުން އެތައް ކަމެއް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރަސްމީ މަސްއޫލިއްޔަތު އަދާކުރުމުގައި ނުރަނގަޅު އަމަލެއް ހިންގުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން، އިންސާފަށް ހުރަސްއެޅުން އަދި ޤާނޫނު ތަންފީޒު ކުރުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން ހިމެނެއެވެ.

މި މައްސަލަ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ އަހަރުގެ ސެމްޓެމްބަރު 10 ވަނަ ދުވަހުގެ މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލާ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި ދައުވާ ކުރުމާއި މެދު ސީރިއަސް ކޮށް ވިސްނަމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުުނެއެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަޙުގީގުގައި އިހުމާލުތަކެއް އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށް، ހޯމް ލޭންޑް މިނިސްޓަރު އަލީ އިޙުސާން ވަނީ ވިދާޅުވެފައެވެ.

ޒަޚަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އިޙުސާން ވިދާޅުވީ ހޮޅުދޫ ރައްޔިތުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތައް ޤަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކަންކަން އިހުމާލުން ހިނގާފައި އެބަ ހުރި ކަމަށް އިޙުސާން ވިދާޅުވި އެވެ.

ފުލުހުންގެ އިހުމާލު މި މައްސަލައިގައި އޮތުމާއެކު، މައްސަލައިގެ ތަޙްޤީޤުން ފުލުހުން އެކެހެރިކޮށް، ފުލުހުންގެ ތަޙްޤީޤާ ގުޅޭ ޚާއްޞާ އިންކުއަރީއެއް ހަދާ، މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފެއްދުމަށް އާއިލާގެ ފަރާތުން އެދުނެވެ. ނަމަވެސް މިހާތަނަށް އާއިލާގެ މި އެދުމަށް ސަރުކާރުން ޖަވާބެއް ދީފައި ނުވެއެވެ.

އާއިލާއިން ބުނެފައި ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ދަނީ ޒަކިއްޔާ މޫސާ މަރުވީ އަމިއްލަ އަށް ކަމަށް ޢާއިލާ އަށާއި ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށެވެ. އިންޞާފު ޤާއިމް ކުރުމަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

އާއިލާ އިން ގަބޫލު ކުރާ ގޮތުގައި ފުލުހުންގެ ފަރާތުން މި މައްސަލާގައި އިންޞާފު ޤާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިހާތަނަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފަރާތުން ތަޙްޤީޤަށް ބަޔާން ދިނުމަށް ޙާޟިރުކުރި ފަރާތްތަކުގެ ބަޔާން ތަކުގައިވެސް ހުރީ ފުލުހުން ބޭނުންވާ ގޮތަށް ޢިބާރާތް ހަމަޖައްސާފައި ކަމަށް ބުނެފައިވެއެވެ. އަދި އެމީހުން ދައްކާ ވާހަކައެއް ނުވަތަ ފެނުނު ކަމެއް ފެނުނު ގޮތަކަށް ބަޔާން ކޮށްފައި ނުވެއެވެ. ބައެއް ހެކިވެރިންގެ ފަރާތުން ވަކި ކަމެއް ހުރީ މިވެނި ގޮތަކަށޭ ބުނުމުން އެކަމާވެސް ފުލުހުން ދެކޮޅު ހަދައި ބަޔާނުގައި އެމީހާ ބުނި ގޮތަކަށް އެކަން ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް އާއިލާ އިން ބުނެފައިވެއެވެ.

- ކޮމެންޓް