Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 17:57
11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - 7 އޮގަސްޓް 2025
11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން - 7 އޮގަސްޓް 2025
އެކްސް
މަގު ހެދުން
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
މަގުހަދާ ރަށްތަކަކީ، ހއ. ތުރާކުނު، ހދ. ނޮޅިވަރަމްފަރު. ހދ. ފިނޭ، ށ. މަރޮށި، ނ. މާފަރު، ބ. ތުޅާދޫ، ބ. ކުޑަރިކިލު، މ. މުލި، ތ. ގުރައިދޫ. ތ. ހިރިލަންދޫ. ތ. ކިނބިދޫ
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދު
މަޝްރޫއުގެ އަގާއި މަޝްރޫއު ނިންމަން ޖެހޭ މުއްދަތު ހާމަކޮށްފައެއް ނުވޭ

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކޮށްފިއެވެ.

އޮގަސްޓް 7 ވީ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީ އާއި ރޯޑް ކޯޕަރޭޝަން އާ ދެމެދު ސޮއި ކުރި ރައްތަކަކީ:

ހއ. ތުރާކުނު

ހދ. ނޮޅިވަރަމްފަރު

ހދ. ފިނޭ

ށ. މަރޮށި

ނ. މާފަރު

ބ. ތުޅާދޫ

ބ. ކުޑަރިކިލު

މ. މުލި

ތ. ގުރައިދޫ

ތ. ހިރިލަންދޫ؛ އަދި

ތ. ކިނބިދޫ

މި ކަމަށް ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ.

އެހެން ނަމަވެސް މަޝްރޫއުގެ އަގެއް، މަޝްރޫއު ނިންމަން ޖެހޭ މުއްދަތެއް ހާމަ ކޮށްފައެއް ނުވެއެވެ.

- ކޮމެންޓް