Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 18:36
ގެދޮރުވެރިޔާގެ ފްލެޓުތައް
ގެދޮރުވެރިޔާގެ ފްލެޓުތައް
ސަން އޮންލައިން
ހައުސިންގް މިނިސްޓްރީ
ފްލެޓް ދޫކުރުމުގެ އުޞޫލުގެ ދަށުން ފުލެޓު ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ބުދަ ދުވަހު!
ގުރު ނެގުން އޮންނާނީ ބުދަ ދުވަހު 15:00އިން ފެށިގެން އެ މިނިސްޓްރީގަ
ދެމަފިރިންނަށް ވަކިން ފުލެޓު ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފުލެޓު ދޫކޮށްލުމަށް ފަހު ގުރުއަތުގައި ބައިވެރިވެވޭނެ
ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށް

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ގުރުއަތު ނެގުމުން އުނިވި ފަރާތްތަކުގެ ގުރު ބުދަ ދުވަހު ނެގުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ގެދޮރުވެރިޔާ ސްކީމުން 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާ މައްސަލަ ވަނީ ފާހަގަކުރެވިފަ އެވެ.

ހައުސިން މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނުގައި ބުނެީ، ގުރުއަތު ނެގުން އޮންނާނީ ބުދަ ދުވަހު 15:00 ގައި އެ މިނިސްޓްރީގައި ކަމަށެވެ. މީގެ ތެރޭގައި 73 އިން ފެށިގެން މަތިން މާކްސް ލިބި، ދެ ކޮޓަރީގެ ފުލެޓު ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ މީހުންނާއި 76 އަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓު ކަނޑައަޅުމަށް ގުރުނަގާފައިނުވާ މީހުން ހިމެނެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުން، ދެމަފިރިންނަށް ވަކިން ފުލެޓު ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފުލެޓު ދޫކޮށްލުމަށް ފަހު، ފުލެޓު ލިބޭކަން އެނގި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ. ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި، ގުރު ނެގުމުން އެމީހަކަށް ލިބޭ ފުލެޓު ނަންބަރު ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މިހާރުގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު މުރާޖަޢާކުރުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރި ގޮތުގައި، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުންނެވެ. އަދި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދީފައިވާ ޕޮއިންޓަކީ ސައްހަ ނޫން ޕޮއިންޓުތަކެއް ކަމަށް ބުނެ މި ސަރުކާރުން ވެސް އައު ލިސްޓެއް ނެރުމަށްފަހު، ފަހުން ވަނީ ފުލެޓުތައް ދޫކުރާނީ ކުރީ ސަރުކާރުގެ ފުލެޓް ލިސްޓަށް ކަމަށް ނިންމާފައެވެ.

- ކޮމެންޓް