Advertisement
ކ. މާލެ
|
5 އޯގަސްޓް 2025 | އަންގާރަ 17:32
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިހާވަރަށް ދަތި ކޮށް، ފިއްތުންތަށް ކުރިމަތިކުރުވި ސަރުކާރެއް މި ނޫނީ އަދި ނުދެކޭ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިހާވަރަށް ދަތި ކޮށް، ފިއްތުންތަށް ކުރިމަތިކުރުވި ސަރުކާރެއް މި ނޫނީ އަދި ނުދެކޭ ކަމަށް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިހާވަރަށް ދަތި ކޮށް، ފިއްތުންތަށް ކުރިމަތިކުރުވި ސަރުކާރެއް މި ނޫނީ އަދި ނުދެކެން: މީކާއީލް
ރައީސް މުއިއްޒުގެ ސަރުކާރަކީ ދިވެހި ރައްޔިތުންނަށް އެންމެ ދަތި އުނދަގޫކޮށް ފިއްތުންތައް ކުރިމަތި ކުރުވި ސަރުކާރު
މި ސަރުކާރު އައިފަހުން ދުވަހަކަށް ވުރެ ދުވަހެއް ރައްޔިތުންގެ އާންމު ހާލަތު ދަނީ ވަރަށް ބޮޑަށް ދަށަށް
އެމްއެމްއޭގެ ރިޕޯޓުތަކުން ދައްކާގޮތުގައި 29 އިންސައްތައަށް ތަކެތީގެ އަގު އުފުލި ތަންތަނުގެ ކުލި ބޮޑުވެފައިވޭ

ދިވެހި ރައްޔިތުންނަށް ދަތި އުނދަގޫކޮށް، މިހާވަރަށް ފިއްތުންތައް ކުރިމަތި ކުރުވި ސަރުކާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނޫނީ ފެނިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކައީލް ނަސީމް މިފަދައިން ވިދާޅުވީ ރާޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރު އައިފަހުން އާންމު ރައްޔިތުންގެ ފުދުންތެރިކަން ދަށަށް ގޮސް، ދިރިއުޅުން ދަތިވެފައިވާ މައްސަލާއި ގުޅިގެން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ މި ސަރުކާރު އައިފަހުން ދުވަހަކަށް ވުރެ ދުވަހެއް ރައްޔިތުންގެ އާންމު ހާލަތު ދަނީ ވަރަށް ބޮޑަށް ދައްވަމުން ކަމަށެވެ. އަދި ވިޔަފާރިތަކުގެ ވިކުރާ ވެސް ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ މި ސަރުކާރު އައިފަހުން އާންމުކޮށް ރައްޔިތުން ބޭނުން ކުރާ ތަކެތީގެ އަގުތައް ވެސް ވަނީ އިންތިހާއަށް މަތިވެފައި ކަމަށް އެމްއެމްއޭގެ ރިޕޯޓުތަކުން ހާމަވާން އެބަހުރި ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ތަފާސްހިސާބުތަކުގެ ރިޕޯޓުތަކަކީ ދޮގުކުރެވޭނޭ އެއްޗެއް ނޫން ކަމަށާއި އެ އިދާރާގެ ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި 29 އިންސައްތަ އަށް ތަކެތީގެ އަގު އުފުލި ތަންތަނުގެ ކުލީގެ އަގުތައް ވެސް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ އެމްއެމްއޭގެ މި ރިޕޯޓުތަކުން ރައްޔިތުންގެ އާންމު ހާލަތު ވަރަށް ބޮޑަށް ދައްވެފައިވާ ކަން ހާމަވާ ކަމަށެވެ.

އުފެދޭ ސުވާލަކީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ގަސްދުގައިތޯ ދައްކުރީ ނުވަތަ މި ސަރުކާރުގެ ނާގާބިލް ކަމުންވީ އިހުމާލުގެ ބޮޑުކަމުން ދައްވީތޯ އިނގޭތޯ.. އެހެންވީމަ އެކަން އަޅުގަނޑުމެންނަށް އެބަފެނޭ އިނގޭތޯ..

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއީލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ވެސް މި ގައުމުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ވެސް މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ގިނަ އިޖުތިމާއީ މައްސަލަތަކާއި ކުރިމަތިވާ ކަމަށެވެ.

އެގޮތުން މީކާއިލް ވިދާޅުވީ އެހެން ސަރުކާރުތަކާއި ޚިލާފަށް މި ސަރުކާރު އައިފަހުން ބޯހިޔާވަހިކަމަށް ރައްޔިތުންނަށް އޮތް ފުރުސަތު ހަނިވެގެން ދާތަން ފެންނަކަމަށާއި އެކަމުގެ ސަބަބުން މާލޭގައި ދަރިންނަށް ތައުލީމު ދިނުމަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ރަށްފުށުގެ އެތައް އާއިލާތަކެއް ހާލުގައި ޖެހިގެން ދަރިން ސްކޫލުން ވަކިކޮށްގެން ރަށަށް ބަދަލުވާން ވެސް ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އާންމު ރައްޔިތުންގެ ހާލަތު މިފެންވަރަށް ދައްވެފައިވާއިވަރު، ދެން އެފަދަ އާއިލާތަކުގެ އިހުސާސްތައް ހުންނާނެ ގޮތާއި މެދު ވިސްނާލަން ވެސް ދަތިކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މި ސަރުކާރު އަައިފަހުން މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އާންމު ރައްޔިތުންނަށް ދިރުއުޅުމަށް މިހާ ދަތިކުރުވި ދައުރެއް އަދި ނުދެކޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ސިޔާސީ ގޮތުން ކުރިމަތިވާ ދަތިތަކާއި ފިއްތުންތަކެއް ނޫން ނަމަވެސް އާންމު ނިކަމެތި ރައްޔިތުންނަށް މިހާ ދިރިއުޅެން އުނދަގޫ، އަދި ފިއްތުންތައް ކުރިމަތި ކުރުވި ސަރުކާރެއް މި ގައުމަށް އަދި ނާންނަ ކަމަށެވެ.

- ކޮމެންޓް