ކ. މާލެ
|
3 އޯގަސްޓް 2025 | އާދީއްތަ 16:48
ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ދިރާގު)- 03.08.2025
ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ދިރާގު)- 03.08.2025
ދިރާގު
ދިރާގުގެ އާ ޕްރޮމޯޝަން
އަނެއްކާވެސް ދިރާގުގެ އަގުހުރި ހަދިޔާ އެއް - 'އެންރޯލްކޮށްލައިގެން 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު'
"އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގެ ދަށުން، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު ހަރުކޮށްފައިވާ ދެ ލޯންޗު ނަސީބުވެރި ދެ ކަސްޓަމަރަކަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކަމަށް ވާއިރު، މާޗު މަހުގެ ނިޔަލަށް އޮންލައިންކޮށް އެންރޯލް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އަގު ހުރި އިނާމްތަކާއި އެކު ޕްރޮމޯޝަންތައް ހިންގައިގެން ދިވެހިންގެ ޝައުގުވެރިކަން ހޯދާފައިވާ ދިރާގުން އަނެއްކާވެސް އަގު ހުރި އިނާމްތަކެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގަކީ 'ވިން އަ ޓެސްލާ' އަދި 'ވިން އަ ސްޕީޑްބޯޓް' ފަދަ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދި ކާމިޔާބު ޕްރޮމޯޝަންތައް މީގެ ކުރިން ވެސް ހިންގާފައިވާ ކުންފުންޏެކެވެ.

ދިރާގު ކަސްޓަމަރުންނަށް މި ފަހަރު ހޯދާދީފައި ވަނީ 2 ލޯންޗު ހޯދުމުގެ ވަރަށް ޚާއްސަ ފުރުސަތެކެވެ. މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ ދިރާގު މައި އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަހަރުގެ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަނަށް އޮންލައިންކޮށް އެންރޯލްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް'ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 2 ލޯންޗް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ހަ މަހަކުން މުޅިން އާ ސްޕޯޓްސް ލޯންޗެއް ހޯދުމަށް މި ޕްރޮމޯޝަންގެ ދަށުން ފުރުސަތު ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ޕްރީޕެއިޑް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނާއި، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ލިބޭނެއެވެ. މީގެ އިތުރުން އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް 450ރ. އަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބޭނެއެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިހާރު ދިރާގުގެ ކަސްޓަމަރުންގެ ގޮތުގައި ލިބި ފަރާތްތަކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތަށެވެ.

" ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު. މިއީ ދިވެހިންނާއި ވަރަށް ގުޅޭ އިނާމެއް. މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ހާމަކޮށްދޭ އިނާމެއް " އޭނާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައި ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެވެ. މި ލޯންޗުތަކަކީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ލޯންޗުތަކެކެވެ. މިއިން ކޮންމެ އުޅަނދެއްގައި ވެސް ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނެއެވެ.

މި ޕްރޮމޯޝަން ފަށާފައި މި ވަނީ ދިރާގުގެ ތަފާތު ފޮޓޯ މެސެޖުތަކެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ދިރާގުން ދެ އައިސްކްރީމް ހިފަހައްޓައިގެން ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޮއެއް ހިއްސާކުރިއެވެ. އަދި އޮރެންޖު ކުލައިގެ ދެ ކޭކެއްގެ ފޮޓޮއަކާއި ދެ ބުޅަލެއްގެ ފޮޓޮއެއް ވެސް ހިއްސާކުރިއެވެ. އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުން އެނގުނު ގޮތުގައި މި ފޮޓޯތަކަކީ ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' އާއި ގުޅުން ހުރި ފޮޓޯތަކެކެވެ.

- ކޮމެންޓް