ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު ރޯޑްރޭސްގެ ރެޖިސްޓްރޭޝަން އަށް ހޫނު ތަރުޚީބެއް ލިބެމުންދާ ކަމަށް ދިރާގުން ބުނެފިއެވެ.
ރާއްޖެޓީވީ އަށް މައުލޫމާތުދެމުން ދިރާގުގެ އޮފިޝަލަކު ބުނީ މިހާތަނަށް އައި އިރު އެ މަރުހަލާ އަށް ވަރަށް ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. 24 އޮކްޓޯބަރ 2024ވާ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ދުުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 4000 ދުވުންތެރިންނަށް ޖާގަ ލިބޭ ގޮތަށެވެ. އެހެންކަމުން ސްލޮޓް ބޭނުންވާ ފަރާތްތަކުން ވީހާ ވެސް އަވަހަށް ރެޖިސްޓަރ ކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
Are you ready for the largest run in the Maldives? 🏃♀️🏃
— Dhiraagu (@Dhiraagu) August 1, 2025
📅 24 October 2025
📍Central Park, Hulhumale'
👉🏽 Tap to register: https://t.co/vNHjzbQNfy #DMRR2025 #DhiraaguMaldivesRoadRace #LargestRunInTheMaldives #HelpProtectChildren pic.twitter.com/jAMmjsnsyX
ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލާފައިވާ އިރު މި ދުވުމަކީ މިއީ ދިވެހިންގެ މެދުގައި ޚާއްސަ މަޤްބޫލްކަމެއް ހޯދާފައިވާ ދުވުމެކެވެ.5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް www.dmrr.mv މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ހާފް މެރަތަންގެ އެއްވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 25000 ރުފިޔާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ އަށް އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 15000 ރުފިޔާ ލިބޭ އިރު 3 ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 10000 ރުފިޔާ ލިބެއެވެ. މި ރަން މެދުވެރިކޮށް އެންޖީއޯތަކަށް ހަތްލައްކަ އެއްހާ ރުފިޔާ ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
10ކޭ އޯޕެން ކެޓަގަރީގައި އެއްވަނައަށް ދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 10000 ރުފިޔާ، ދެ ވަނަ އަށް ދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 8000 އަދި 3 ވަނަ އަށްދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލް ކެޓަގަރީ 5ކޭ އަންޑަރ 13 ކެޓަގަރީ އިން 1 ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ކުއްޖަކަށް 5000ގެ ރަމްޒީ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 3000 ރުިފރުފިޔާގެ ރަމްޒީ އިނާމެއް، އަދި ތިން ވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 1000 ރުފިޔާގެ ރަމްޒީ އިނާމެއް ލިބެއެވެ.
މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ.