ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 00:36
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ ކުރިމަތި
އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ ކުރިމަތި
ރާއްޖެއެމްވީ
އެސްޓީއޯ
އެސްޓީއޯ ގެ ދެވަނަ ކުއަރޓަރުގެ އާމްދަނީ 12 އިންސައްތަ ދަށަށް
އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 3.55 ބިލިއަން ރުފިޔާ އަށް ދަށްވެފައި ވުމުގެ އިތުރުން ހިންގުމުގެ ޚަރަދު މައްޗަށް ގޮސް ހިއްސާ އަކަށް ޖެހޭ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. އެހެން ނަަމަވެސް ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.55 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އ އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވީ މައިގަނޑު ގޮތެއްގައި ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޑީސަލް ވިއްކުނު މިންވަރު ވަނީ ފާހަގަކުރެވޭ ވަރަށް އިތުރުވެފައެވެ. އެސްޓީއޯގެ އާމްދަނީގެ 78 އިންސައްތަ ހިއްސާކުރަނީ ތެލުން ނެވެ. ތެޔޮ ނުހިމަނާ، އާންމު ވިޔަފާރި، އިމާރާތްކުރުން އަދި ސިއްޙީ ޚިދުމަތްތައް ފަދަ ވިޔަފާރިން ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ދެވަނަ ކުއާޓާރު ގައި ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރުގައި ލިބުނު 169 މިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަދަދެއް ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ މަތީ އަދަދެކެވެ.

ޙިއްޞާއަކަށް ޖެހޭ އާމްދަނީ ކުޑަކޮށް ދަށްވެ، ފުރަތަމަ ކުއާޓަރުގައި 150 ރުފިޔާ އިން 145 ރުފިޔާ އަށް ވަނީ ދަށްވެފައެވެ.

ހިންގުމުގެ ޚަރަދުތައް އިތުރުވެ 367 މިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.

ކުންފުނިން ވަނީ ދަރަނީގެ ޕްރޮފައިލް ރަނގަޅުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. ދަރަނި އަދާކުރުމުގެ ރޭޝިއޯ 0.88 އިން 1.15 އަށް އަދި ދަރަންޏާއި އިކުއިޓީގެ ރޭޝިއޯ 1.72 އިން 1.59 އަށް ރަނގަޅުވެފައިވެއެވެ.

2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުނީގެ ސާފު އަގު 5.2 ބިލިއަން ރުފިޔާއަށް އިތުރުވެ، ރިޒާވްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ހުރިކަމަށް ވަނީ ބަޔާން ކޮށްފައެވެ.

- ކޮމެންޓް