Advertisement
ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 03:31
ފަހި ޔޫނިއަންގެ ރައީސް، އިބްރާހިމް ނޫރައްދީން ފަލަސުރުޚީގައި ވާހަކަދައްކަވަނީ
ފަހި ޔޫނިއަންގެ ރައީސް، އިބްރާހިމް ނޫރައްދީން ފަލަސުރުޚީގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
"ފްލެޓް ލިބި އެގްރީމެންޓް ވެސް ލިބިފައިވާ ބައެއް މީހުންނަށް، ފްލެޓް ނުލިބޭ ކަމަށް ހައުސިންގ މިނިސްޓްރީން އަންގައިފި"
ބުރާސްފަތި ދުވަހު އާއްމުން ހައުސިން މިނިސްޓްރީ ކައިރި އަށް އެއްވެ މުޒާހަރާ ކުރި
78 ޕޮއިންޓް ލިބުނު މީހާ އަށް ފްލެޓް ލިބިފައި ނުވާ އިރު 76 ޕޮއިންޓް ލިބުނު މީހަކަށް ފްލެޓް ލިބުނު ކަމުގެ އަޕްޑޭޓް ލިބެމުންދިއުން ފަދަ އެތައް މައްސަލަ އެއް ފާހަގަވޭ
ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ލިސްޓު ތަރުތީބުން އަޕްޑޭޓްވަމުން ނުދިއުން

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިމާރާތްކުރި ފްލެޓުތަކުގެ ތެރެއިން، ފްލެޓް ލިބުނުކަމުގެ އެގްރީމެންޓް ލިބިފައިވާ ބައެއް މީހުންނަށް ފްލެޓް ނުލިބޭ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ލިޔުން ފޮނުވާފައިވާ ކަމަށް ފަހި ޔޫނިއަންގެ ރައީސް، އިބްރާހިމް ނޫރައްދީން ވިދާޅުވެެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ނޫރު ވިދާޅުވީ އެފަދަ ބައެއް ލިޔުންތައް އާއްމުންނަށް ހައުސިންގ މިނިސްޓްރީން ފޮނުވަމުންދާތީ، އެ ޔޫނިއަން އާއި އެފަދަ ލިޔުންތައް ހިއްސާކޮށް އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިއީ އާއްމުންގެ ހައްގުތައް ގެއްލި އާއްމުން މާޔޫސްވާ ކަމެއް ކަމަށް ނޫރު ވިދާޅުވިއެވެ.

މީގެ އިތުރުން އިވަލުއޭޝަން މުއްދަތު ދޮޅު އަހަރެއްހާ ދުވަހު ހުށަހެޅި ކަމަަށް ވެސް ނޫރު ވިދާޅުވިއެވެ. ނަމަވެސް އެ މަރުހަލާ ނިމުނުފަހުން ފްލެޓް ނުލިބޭކަމުގެ ލިޔުން ލިބުމަކީ މި މަރުހަލާ އިތުރަށް އޮޅުންބޮޅުން ބޮޑުވާ ސަބަބެއް ކަމަށް ނޫރު ވިދާޅުވިއެވެ

މިކަމާއި މެދު ބުރާސްފަތި ދުވަހު ޕީއޭ ބައެއް ޖަވާބުތައް ދެއްވި. ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ލިސްޓު ތަރުތީބުން އަޕްޑޭޓްވަމުން ނުދިއުން. ދެން ތިމަންނާ އަށް ވެގެންދާނީ ކިހިނެތްތޯ އެބަ ސުވާލު އުފައްދާ. ދޮޅު އަހަރު ވަންދެން އިވަލުއޭޝަން ކުރިއަށް ގެންދިއުމަށް ފަހު އެ މަރުހަލާ ނިމުނު ފަހުން ފްލެޓް ނުލިބޭ ކަމަށް ލިޔުން ފޮނުވުމުން އާއްމުން ވެއްޓެނީ ހާސްކަމަކަށް. އަދި ލިޔުން ލިބުނަސް ހަމަޖެހެވޭކަށް ނެތް. ލިބޭނެތޯ ނުލިބޭނެތޯ ސުވާލުމާކެއްގެ ތެރޭގައި ތިބެން މި ޖެހެނީ.

ފަހި ޔޫނިއަންގެ ރައީސް، އިބްރާހިމް ނޫރައްދީން

ހަމައެހެންމެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި ލިސްޓުގެ އެއްވެސް ތަރުތީބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، 78 ޕޮއިންޓް ލިބުނު މީހާ އަށް ފްލެޓް ލިބިފައި ނުވާ އިރު 76 ޕޮއިންޓް ލިބުނު މީހަކަށް ފްލެޓް ލިބުނު ކަމުގެ އަޕްޑޭޓް ލިބެމުންދިއުން ފަދަ އެތައް މައްސަލަ އެއް ފާހަގަވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންބޮޑުވުންތަކާއި މެދު މަޝްވަރާކުރުމަށް އެތައް ފަހަރަކު ހައުސިން މިނިސްޓްރީގެ އޮފިޝަލުންނާއި ބައްދަލުކުރުމަށް އެދެމުން ދިޔަ ނަމަވެސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު އާއްމުން ހައުސިން މިނިސްޓްރީ ކައިރި އަށް އެއްވެ މުޒާހަރާ ކުރަން ޖެހުނީ އެހެންވެގެން ކަމަށް ނޫރު ވަނީ ވިދާޅުވެފައެވެ.

29 މޭއި 2025 ވަނަ ދުވަހު ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސަރުކާރުން އަމަލު ކުރާނީ 15 ނޮވެމްބަރ 2023 ވަނަ އަހަރު ނެރެފައިވާ ފްލެޓް ލިސްޓަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފްލެޓް ލިބުނު މީހުން ސާފު ނުވާތީ އާއްމުން ވަނީ ހައުސިން މިނިސްޓްރީ އަށް އެއްވެ އެކަމާއި މެދު އަޑު އުފުލާ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ.

- ކޮމެންޓް