Advertisement
ކ. މާލެ
|
31 ޖުލައި 2025 | ބުރާސްފަތި 10:45
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓް ތައް ފެންނަ ގްރެފިކްސް އިމޭޖެއް - ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ދިން ގޮތަކަށް ދެއްވާނެ ކަމަށް.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓް ތައް ފެންނަ ގްރެފިކްސް އިމޭޖެއް - ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ދިން ގޮތަކަށް ދެއްވާނެ ކަމަށް.
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ބޮޑު ދެރައެއް! އެއްބަސްވުން އޮތް ގޮތުން ރަށްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން އަންގައިފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން އަންގައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދަނީ ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން
ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ރައްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.

ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އަކާ އެކު ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދި، ގަންނަ ފަރާތުން ކައުންސިލަށް ހުށަހެޅުމުން އެތަނެއް ގަންނަ ފަރާތުގެ ނަމުގައި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުން ކަމަށް ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކަށް ލިޔުމުން ދިން ޖަވާބުގައި ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އާއި އަމިއްލަ ފަރާތްތަކާ ދެމެދު ހަދަމުން ދަނީ "ޔުނިޓް ކުއްޔަށް ދިނުމާއި މިލްކް ކުރުމުގެ އެއްބަސްވުން" ކަމުގައިވީ ނަަމަވެސް މުޅި އެއްބަސްވުމަށް ބަލާއިރު މި އެއްބަސްވުމަކީ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާއި ދެމެދުގައި ހަދާފައިވާ ކުލީގެ އެއްބަސްވުމެއްކަން އެނގޭ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

"ވީމާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން، އެޕާޓްމަންޓުގެ ވެރިފަރާތުގެ ނަމުގައި ހަދައިދޭން ޖެހޭ ރަށްވެެހީންގެ ރަޖިސްޓަރީ އެޕާޓްމަންޓް ކުއްޔަށް ހިފާ ފަރާތައް ހަދައިދެވެން ނެތް ވާހަކަ ދެންނެވީމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

- ކޮމެންޓް