މަސައްކަތުގެ ނިސްބަތް ދަށް ވުމުން މަޖިލީހުގެ މެމްބަރުންނަށް އާއްމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް މެމްބަރުންގެ ދިފާއުގައި މަޖިލިސް އިދާރާގެ ބަޔާނެއް ނެރެފިއެވެ.
އާއްމު މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ބައެއް ތަފާސްހިސާބުތައް ހިމަނާފައެވެ. ޖުބްރާން ޝަރީފް ކިޔާ މީހަކު ހިއްސާކުރި އެ މެސެޖުގައި ބުނެފައި ވަނީ މަޖިލީހުގެ 93 މެމްބަރުންނާއި އެކު ނިންމާފައި ވަނީ 262 މަސައްކަތް ކަމަށެވެ. އެ މެސެޖުގައި ހިމަނާފައި ވަނީ މަޖިލީހުން ރަސްމީކޮށް އާއްމުކޮށްފައިވާ ބައެއް ތަފާސްހިސާބުތަކެވެ.
262 މަސައްކަތަކީ އެވްރެޖްކޮށް ކޮންމެ މެމްބަރަކަށް 2.82 ކަމަށް އެ އާއްމު މީހާ ވަނީ ސިފަކޮށްފައެވެ. އެ މެސެޖާއި އެކު އޭނާ ހިމަނާފައިވާ ޕައިޗަރޓުން ފެންނަ ގޮތުގައި މަޖިލީހުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތެއް ކުރީ މަދު މެމްބަރުންކޮޅެކެވެ. މި މެސެޖު މީސްމީޑިއާގައި ދައުރުވުމާއި އެކު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެމްބަރުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކަކާއި ކުރިމަތިލާން ޖެހުނެވެ.
އޭނާ ހިއްސާ ކުރި އިތުރު މެސެޖެއްގައި ޕާޓީތަކުގެ ޕަރފޯމަންސް އަށް ވަނީ ބަލާލާފައެވެ. އެގޮތުން ޕީއެންސީގެ 75 މެމްބަރުން 143 ކުރި އިރު އިރު އެމްޑީޕީގެ 12 މެމްބަރުން ވަނީ 112 މަސައްކަތް ކޮށްފައެވެ. އެމްޑީއޭގެ 2 މެމްބަރުން 6 މަސައްކަތް ކުރި އިރު މިނިވަން ދެ މެމްބަރުން ކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. ޖޭޕީ އާއި އެމްއެންޕީގެ ދެ މެމްބަރުން އެއްވެސް މަސައްކަތެއް ކޮށްފަ އެއް ނުވެއެވެ.
Here is the full list, for anyone interested. https://t.co/LbOGRJexjY pic.twitter.com/XzHNF4Tfxs
— js (@jubraanshareef) July 28, 2025
މަޖިލީހުގެ އިދާރާއިން އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުން ޖަލްސާތަކާއި ކޮމިޓީތައް ކުރިއަށް ގެންދަނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށެވެ. އޭގެ ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑުވުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ 31 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖަލްސާތަކުގައި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމުގެ އެއް ބޭނުމަކީ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދިކުރުން ކަމަށެވެ.
މަޖިލީހަށް ހުށަހަޅާ ގަރާރާއި، މައްސަލަތައް ފެންނަން ހުރި ނަމަވެސް އެއީ މެމްބަރުން ކުރާ ހަމައެކަނި މަސައްކަތް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ކޮމިޓީތަކުގެ މަސައްކަތް ވެސް ނިމެނީ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއި އެކުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މެމްބަރުންގެ މަސައްކަތުގެ އަދަދަކީ މެމްބަރުން ސްޕޮންސަރކުރާ ބިލުގެ އަދަދު ނޫން ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މަޖިލީހުގެ އިދާރާއިން އާއްމު ކުރާ މައުލޫމަތު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށާއި އާއްމުނަށް އޮޅުން އަރާ ގޮތަށް އެ މައުލޫމާތު ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މަޖިލީހުގެ މި ބަޔާނާއި އެކު ބައެއް އާއްމުން ވަނީ މިއީ ބައެއްގެ ޕްރެޝަރ ބޮޑު ވެގެން އާއްމުކުރި ބަޔާނެއް ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ސްޕޮންސަރ ކުރާ ބިލުތައް ކަނޑާލައިފި ނަމަ ބައެއް މެމްބަރުން މަޖިލީހުގައި ބައިވެރިވި މަސައްކަތްތަކަކީ ކޮމިޓީތަކަށް ހާޒިރުވުމާއި، ވޯޓު ދިނުން އެކަނި ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އަދި މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އާއްމުން ދަނީ މެމްބަރުންނަށް ފާޑުކިޔަމުންނެވެ.
ނޫސް ބަޔާން 🔗: https://t.co/AkDvxDtWI7 pic.twitter.com/z4m1UdZHfZ
— People's Majlis (@mvpeoplesmajlis) July 28, 2025
މަޖިލީހުގެ މި ބަޔާނާއި އެކު ބައެއް އާއްމުން ވަނީ މިއީ ބައެއްގެ ޕްރެޝަރ ބޮޑު ވެގެން އާއްމުކުރި ބަޔާނެއް ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ސްޕޮންސަރ ކުރާ ބިލުތައް ކަނޑާލައިފި ނަމަ ބައެއް މެމްބަރުން މަޖިލީހުގައި ބައިވެރިވި މަސައްކަތްތަކަކީ ކޮމިޓީތަކަށް ހާޒިރުވުމާއި، ވޯޓު ދިނުން އެކަނި ކަމަށް ވެސް ފާޑުކިޔާފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އަދި މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އާއްމުން ދަނީ މެމްބަރުންނަށް ފާޑުކިޔަމުންނެވެ.