Advertisement
ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 19:31
ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ،
ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ،
ރައީސް އޮފީސް
ދިވެހިރާއްޖެ-ލަންކާ ގުޅުން
ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ޖިނާއީ ކުށްތައް ހުއްޓުވުމަށާއި، ޚަރީޖީ ދާއިރާ އިން މީހުން ބިނާ ކުރަން އެއްބަސްވުންތަކުގައި ސޮއި ކޮށްފި
ދެ ގައުމުގެ މެދުގައި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކުރެއްވި
ދެ ގައުމުގެ މެދުގައި ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސާނަޔަކަ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން މީހުންނަށް ދައުވާ ކުރުމުގައި އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމަ ދުވަހު އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސާނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފައިވާއިރު، މި އެމްއޯޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެމްއޯޔޫގައި ރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތް އެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ޑިޕްލޮމެޓަށް އެހީތެރިވެދިނުމުގެ ގޮތުން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކުށުގެ ތަހުގީގާއި ކުށްތަކާ ގުޅިގެން މީހުންނަށް ދައުވާ ކުރުމުގައި އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުން އެއްގައުމުން އަނެއް ގައުމަށް އެހީވެ އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުން ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ. މި މުއާހަދާގެ ދަށުން، އެ ޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންނެވީ ހޯމަ ދުވަހު އެވެ. އެމަނިކުފާނު ގެ ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.

- ކޮމެންޓް