ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 18:35
ނިމިދިޔަ އިންތިޚާބުގައި ސްރީލަންކާ ޕޮޑުޖަނަ ޕެރަމިނާ (އެސްއެލްޕީޕީ) ރިޔާސީ ކެންޑިޑޭޓް ނަމާލް ރާޖަޕަކްސާ އޭނާގެ އިލެކްޝަންސް މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ހަފްލާގެ ތެރެއިން
ނިމިދިޔަ އިންތިޚާބުގައި ސްރީލަންކާ ޕޮޑުޖަނަ ޕެރަމިނާ (އެސްއެލްޕީޕީ) ރިޔާސީ ކެންޑިޑޭޓް ނަމާލް ރާޖަޕަކްސާ އޭނާގެ އިލެކްޝަންސް މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ހަފްލާގެ ތެރެއިން
ލަންކާ ލީޑަރ
ނަމާލް ރާޖަޕަކްސަ
ނަމާލް ހައްޔަރު ކުރުމުގެ އަމުރު ނެރުނު އިރު އޭނާ ރާއްޖެ ވަޑައިގަތީ ލަންކާ ރައީސް ވަޑައިގެންނެވި ފްލައިޓުން
ސްރީލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި ފްލައިޓުގައި ހައްޔަރު އަމުރެއް ނެރިފައިވާ ޕާލިމެންޓް މެންބަރު ނަމާލް ރާޖަޕަކްސާ ވެސް ދަތުރުކުރެއްވި ކަން ހާމަވެއްޖެ. ކޯޓަށް ހާޒިރުނުވުމާ ގުޅިގެން ނެރުނު މި އަމުރު ނެރުނީ ނަމާލް ކައިވެނި ޙަފްލާއަކަށް ރާއްޖެ ވަޑައިގަތް ދަނޑިވަޅެއްގައި.

ސްރީލަންކާ ގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ނަމާލް ރާޖަޕަކްސާ ހައްޔަރު ކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓަކުން ނެރުނު އިރު، ސްރީލަންކާގެ ރައީސް ރައީސް އަނުރާ ކުމާރަ ޑިސަނާޔަކެ މާލެ ވަޑައިގެންނެވި ފްލައިޓުން ނަމާލު ވެސް ރާއްޖެ ވަޑައިގެންނެވި ކަން ހާމަ ވެއްޖެއެވެ.

ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ގެ ޤައުމީ އޯގަނައިޒަރު ގެ މަގާމުގައި ހުންނެވި ލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން ނަމާލް ލަންކާގެ ބައެއް މީޑިއާ ތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ނަމާލް މާލެ ވަޑައިގަތީ ލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއް ގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވި ފްލައިޓުން ނެވެ.

ރައީސް ޑިސަނާޔަކެ ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ ރައީސްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއް ގައެވެ. އެހެންނަމަވެސް ރާޖަޕަކްސާ ވަޑައިގަތީ ކައިވެނި ޙަފްލާއަކަށް ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުަތައް ބުނެފައި ވެއެވެ.

އެ ދެ ބޭފުޅުން ވެސް ތިއްބެވީ ކޮލޮމްބޯއިން މާލެއަށް ދަތުރުކުރި ސްރީލަންކަން އެއަރލައިންސްގެ ޔޫއެލް 101 ފްލައިޓުގެ ބިޒްނަސް ކްލާހުގައެވެ.

މިއަދު ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓަކުން ނަމާލް ރާޖަޕަކްސާގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނެވެ.

މެޖިސްޓްރޭޓް މި އަމުރު ނެރުއްވީ ނަމާލް ކޯޓަށް ހާޒިރުނުވުމުން، އޭނާގެ މައްޗަށް ހިނގަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

- ކޮމެންޓް