ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާނަހުރި ގޮތެއްގައި އެކިއެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނޭ ކަމަށް އަވައްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.
އަނުރަ ކުމާރަ ދިސާނަޔަކަ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެއަށް ވަޑައިގަތުމަށްފަހު އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު އެކްސް ގައި ކުރެއްވި މި ޕޯސްޓުގައި ވިދާޅުވީ ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ މެދުގައި އެކިއެކި ދާއިރާތަކުން މާނަހުރި ގޮތެއްގައި މުހިންމު މަޝްވަރާތައް ބެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މީގެ އިތުރުން މި މަޝްވަރާތަކުގެ އަލީގައި އެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވާލާނޭކަމަށް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން މި މަޝްވަރާތަކުގެ އަލީގައި އެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވާލާނޭކަމަށް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ލަންކާގެ ރައީސް ދިސާނަޔަކަ ވަނީ ހޯމަ ދުވަހު ހެނދުނު ރާއްޖެ ވަޑައިގަންނަވާފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެވެ.
Just landed in the Maldives! Ready to engage in meaningful discussions with President @MMuizzu and other leaders to strengthen our collaboration. We will also sign several MoUs that will enhance cooperation between Sri Lanka and the Maldives! pic.twitter.com/zwGv9tfSXi
— Anura Kumara Dissanayake (@anuradisanayake) July 28, 2025
މިއީ ލަންކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައިގެ މި ދަތުރުފުޅުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ މީގެކުރިން ވަނީ ބުނެފައެވެ.
ހަމައެއާއިއެކު ދެ ޤައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.