Advertisement
ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 15:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ
ސްކްރީން އިމޭޖް
ރައީސް މުއިއްޒުގެ ސިޔާސަތުތައް
މުއިއްޒު އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުރި ހަނދާން އިންޑިއާ އިން އަބަދުވެސް ހުންނާނެ - ރައީސް ޔާމީން
އެ މަނިކުފާނު ވިދާޅުވީ ގައުމުތަކާއި އެކު ގުޅުން ރަނގަޅުކުރުމަކީ އެއީ ދެ ވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އާއި ހިސާބުން ފެށިގެން ރާއްޖެއިން ވަރަށް ރަނގަޅަށް ކުރަމުން އައި ކަމެއް ކަމަށް
މީގެ އިތުރުން، ގައުމުގެ ހާލަތާއި މެދު ވެސް ރައީސް ޔާމީން ވަނީ އެ ޖަލްސާގައި ވާހަކަދައްކަވާފަ

ރައީސް ޑރ.މުހައްމަދު މުއިއްޒު މުއިއްޒު އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުރި ހަނދާން އިންޑިއާ އިން އަބަދުވެސް ހުންނާނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމުތަކާއި އެކު ގުޅުން ރަނގަޅުކުރުމަކީ އެއީ ދެ ވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އާއި ހިސާބުން ފެށިގެން ރާއްޖެއިން ވަރަށް ރަނގަޅަށް ކުރަމުން އައި ކަމެއް ކަމަށެވެ. އެކެން ގޯސްވީ ވެރިކަން ބޭނުންވެގެން އުޅޭ ބަޔަކު ވެރިކަމަށް އައުމަށް ފަހު ވަކި ކަންތައްތައްތަކެއް ކުރާނެ ކަމަށް ބުނެ ނުފުއްދޭ ފަދަ ވައުދުތަކެއް ވާން ފެށި ހިސާބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންނާއި އިންޑިއާ އާއި އެންމެ ފުރަތަމަ މައްސަލަ ޖެހެން މެދުވެރިވީ އިންޑިއާގެ ޖީއެމްއާރް ކުންފުނީގެ އަތުން އެއާޕޯޓް އަތުލުމުން ކަމަށާއި އެ ހަނދާން އަދިވެސް އިންޑިއާ އިން ބަހައްޓާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް މުއިއްޒު އަކީ ރަނގަޅު ބޭފުޅެއް ކަަމަށް ވިދާޅުވިޔަސް އެއީ މޯދީ އާއި ހަމައިން ނިމޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އިންޑިއާ އާއި މެދު މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ދެއްކި ވާހަކަ ވެސް އިންޑިއާ އިން އަބަދުވެސް ހަނދާން އާ ކުރާނެ ކަމަށެވެ.

"އިންޑިއާ އައުޓް ޓީޝަރޓް ލައިގެން މުއިއްޒު ހުރި ހަނދާން ހުންނާނެ. މިހިރީ ހަމަ މުއިއްޒު އަށް ފެނިގެންތާ މިކަން ކުރީ. އެހެންވީމަ އަހަރުމެން ޓްރަބްލް އަމިއްލަ އަށް އިންވައިޓް ނުކުރާށޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ކިޔައިގެން ވެރިކަމަށް އައުމަށް ފަހު ރައީސް މުއިއްޒު އަމަލުފުޅުކުރައްވާ ގޮތަށް ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން، ގައުމުގެ ހާލަތާއި މެދު ވެސް ރައީސް ޔާމީން ވަނީ އެ ޖަލްސާގައި ވާހަކަދައްކަވާފައެވެ. އެގޮތުން، އިގްތިސާދު މެނޭޖްކުރުން ގޯސްވެފައިވާ ކަމަށާއި ގައުމުގެ ކަންކަން ގޯސްވީ ހިސާބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަސީ އަކީ އެންމެ އެންމެ ފުރިހަމަ ނިޒާމަށް ނުވި ނަމަ ވެސް އެހެނިހެން ނިޒާމްތަކާއި އަޅާ ބަލާ އިރު އެ ނިޒާމަކި ރަނގަޅު ނިޒާމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މި ވެރިކަން ހިންގަނީ ޚުދުމުހުތާރުކޮށް ކަމަށާއި މަޖިލީހުގައި ތިބީ މަންމަނުންތަކެއް ފަދަ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް