ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 20:49
ޣައްޒާގެ ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ރެޒިޑެންޝަލް ޓަވަރެއް ގޮވި މަންޒަރު - އޮކްޓޯބަރ 12، 2025
ޣައްޒާގެ ޣައްޒާ ސިޓީ އަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ރެޒިޑެންޝަލް ޓަވަރެއް ގޮވި މަންޒަރު - އޮކްޓޯބަރ 12، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ހަނގުރާމަ މެދުކަނޑާލާނެ ވަގުތުކޮޅުތައް އިއުލާނުކުރި ނަމަވެސް ޣައްޒާ ގައި 53 މީހުން ޝަހީދު ކޮށްލައިފި
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ވަގުތީ މެދުކެނޑުމެއް އިއުލާންކުރި ނަމަވެސް، އާދީއްތަ ދުވަހު އެތައް ބަޔަކު ޝަހީދުވެ ދިޔައެވެ. މިހާތަނަށް މި ހަނގުރާމައިގައި 60,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 140,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުއިން ގޮވާލަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށެވެ.

އިސްރާއީލުން ހަނގުރާމަ މެދުކަނޑާލާނެ ވަގުތުކޮޅުތައް އިއުލާނުކުރި ނަމަވެސް ޣައްޒާ ގައި އިސްރާއީލުގެ ހަމަލާތަކުގައި 53 މީހުން ޝަހީދު ކޮށްލައިފި އެވެ.

އާދީއްތަ ދުވަހުން ފެށިގެން އަލް-މަވާސީ، ދީރުލް ބަލާހް އަދި ޣައްޒާ ސިޓީ ގައި "އިންސާނިއްޔަތުގެ ބޭނުމަށް" ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް އިސްރާއީލުން "ޓެކްޓިކަލް މެދުކަނޑާލުންތައް" ވަނީ ފަށާފައެވެ.

މި މެދުކެނޑުންތަކާ އެކު ވެސް، އާދީއްތަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ބާރުތަކުން ޣައްޒާ އަށް ދިން ހަމަލާތަކުގައި މަދުވެގެން 53 ފަލަސްތީނު މީހުން މަރުވެފައިވެއެވެ. އަދި އިތުރު 6 ފަލަސްތީނު މީހުން ހައިހޫނު ކަމުގައި މަރުވެފައިވެއެވެ.

އަނެއް ކޮޅުން ޣައްޒާ ސަރަޙައްދަށް އިސްރާއީލުން އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދިޔަ ފްރީޑަމް ފްލޮޓިލާގެ ހަންދަލާ ނަމަކަށް ކިޔާ އުޅަނދު އިސްރާއީލުން ހިފަހައްޓައި، އޭގައި ތިބި 21 ފަޅުވެރިން ހައްޔަރުކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ ވަނީ އިސްރާއީލުން ވަގުތު ކޮޅަކަށް ހަމަލާތައް ހުއްޓާލުން އާދިއްތަ ދުވަހު ފެށުމުން މަރުހަބާ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެނާ ވިދާޅުވީ، މިއީ "މާ ފަސްވެފައިވާ" ކަމެއް ކަމަށެވެ.

ލެމީ ވިދާޅުވީ "އެހެންކަމުން، އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް އޮތް ގަޑިތަކާއި ދުވަސްތަކުގައި އަވަސް ކުރަންޖެހޭ،" ކަމަށެވެ.

އިތުރަށް ލެމީ ވިދާޅުވީ މި ނިންމުމުން އެކަނި ޣައްޒާ ގައި ނިކަމެތިކަމުގައި އުޅެމުންދާ މީހުންގެ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ."

ލެމީ ވިދާޅުވީ ބޭނުން ވަނީ ހަނގުރާމަ ނިމުމަކަށް އައުމެވެ. ރަހީނުން ދޫކޮށްލައި، އެހީތެރިކަން އެއްގަމު މަގުން ހުރަހެއް ނެތި ޣައްޒާ އަށް ވަދެވޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ހަނގުރާމައިގައި މަދުވެގެން 59,733 މީހުން މަރުވެ، 144,477 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް