Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 18:13
އައިޖީއެމް ހޮސްޕިޓަލުގައި އައިނު ފިހާރަ ރައީސް މުއިއްޒު ހުޅުއްވައި ދެއްވަނީ - 27 ޖުލައި 2025
އައިޖީއެމް ހޮސްޕިޓަލުގައި އައިނު ފިހާރަ ރައީސް މުއިއްޒު ހުޅުއްވައި ދެއްވަނީ - 27 ޖުލައި 2025
ރާއްޖެއެމްވީ
އައިނު ފިހާރަ
ރައީސް މުއިއްޒު ސަރުކާރުގެ އައިނު ފިހާރަ ހުޅުއްވައި ދެއްވައިފި
އެމްސީޖީއެޗް އޮޕްޓިކަލްސް" ގެ ނަމުގައި މި އައިނު ފިހާރަ ހުޅުވާފައި ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ގައި
ސަރުކާރުން އައިނު ފިހާރައެއް ހުޅުވީ އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ބުނެ
ހުޅުމާލެ ހޮސްޕިޓަލާއި އަތޮޅުތެރޭގައިވެސް އައިނު ފިހާރަތައް ހުޅުވާނެކަމަށް ބުނެފައިވޭ

ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ އައިނު ފިހާރަ ހުޅުއްވައިދެއްވައިފި އެވެ.

"އެމްސީޖީއެޗް އޮޕްޓިކަލްސް" ގެ ނަމުގައި މި އައިނު ފިހާރަ ހުޅުވާފައި ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެމްއެޗް) ގައި އާދިއްތަ ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައެވެ.

އަމިއްލަ ފަރާތްތަކުން ދެމުން އައި އައިނު ހެދުމުގެ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، ސަރުކާރުން އައިނު ފިހާރަ އެއް ހުޅުވާނެ ކަމަށް މުއިއްޒު އިޢުލާންކުރެއްވީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ފިހާރަ ހުޅުވި އިރު އައިނު ހެދުމުގެ ޚިދުމަތް ދިން 3 ފަރާތަށް ރައީސް މުއިއްޒު އައިނު ހަވާލުކޮށްދެއްވި އެވެ.

މީގެ ކުރިން އެއްވެސް ސަރުކާރަކުން އައިނު ހެދުމުގެ ތެރެއަށް ވަދެފައި ނުވި ނަމަވެސް، އައިނު ހައްދާ ފަރާތްތަކަށް ސަރުކާރުން އާސަންދަ އިންޝުއަރެންސް ގެ ތެރެއިން އައީ ފައިސާގެ އެހީތެރިކަން ދެމުންނެވެ. އެގޮތުން ފުރަތަމަ ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާ ގެ އެހީއެވެ. އެހެން ނަމަވެސް ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާ ގައި ރައީސް މުއިއްޒު ވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާގެ އެހީ ހަމަ ޖައްސަވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސްވި 2024 ވަނަ އަހަރު އައިނު ހެއްދުމަށް 36،000 އަށް ވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފައި ވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅު ތެރޭގައި ވެސް އައިނު ފިހާރަ ތައް ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒު އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހެދުމަށް ނިންމީ ނަންބަރު އައިނުގެ ފިޔަފާރިން ބަޔަކު ނުއަގުގައި އައިނު ހަދާ، ނާޖާއިޒް މަންފާތަކެއް ހޯދުމުން އަންނަ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗް ގެ ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ، ރައީސް މުއިއްޒު އަންގަވާފައި ވަނީ އާސަންދައިން އައިނު ހެއްދުމަށް ދޭ އެހީގެ ތެރެއިން އައިނު ހެއްދުމުގެ ކަންކަން ކޮށް ދިނުމަށް ކަމުގައެވެ.

ސަރުކާރުން އައިނު ހެދުމުގެ ވިޔަފާރީގެ ތެރެއަށް ވަތް އިރު ޓެކްސީ ޚިދުމަތުގެ ތެރެއަށް ވެސް ސަރުކާރުން ވަންނާނެ ކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް