Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 18:39
މޯލްޑިވިއަން އައާލައިނުގެ ކުރޫއިން ދިވެހި ހެދުމުގައި
މޯލްޑިވިއަން އައާލައިނުގެ ކުރޫއިން ދިވެހި ހެދުމުގައި
މޯލްޑިވިއަން
މޯލްޑިވިއަން އެއަރލައިން
ހަމައެކަނި މޯލްޑިވިއަންގެ ދަތުރުތަކާއެކު އައު ޓާރމިނަލް ބޭނުންކުރަން ފަށައިފި
އައު ޓާރމިނަލުން އެންމެ ފުރަތަމަ ހިދުމަތްދޭނީ މޯލްޑިވިއަންގެ އޭ 330 އިން އަންނަ ފަސެންޖަރުންނަށް
އެހެން އެއަރލައިން ތަކަށް ޚިދުމަތް ދޭން ފަށާނީ ސެޕްޓެމްބަރު މަސް ނިމޭ ހިސާބުގައި

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތަކާއި އެކު ރޭ ހުޅުވި އައު ޓާރމިނަލް ބޭނުންކުރަން ފަށައިފިއެވެ.

ވެލާނަ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވީ، 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ އެއަރލައިނުން ހާމަކުރި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލުން އެންމެ ފުރަތަމަ ހިދުމަތްދޭނީ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ 330 އިން އަންނަ ފަސެންޖަރުންނަށް ކަމަށެވެ. އަދި އައު ޓާރމިނަލުން ހިދުމަތްދޭ ފުރަތަމަ ފްލައިޓަކީ އިންޑިއާގެ ކޮޗިން އިން ރާއްޖެ އަންނަ ފްލައިޓެއްކަމަށް މޯލްޑިވިއަނުން މައުލޫމާތުދެ އެވެ.

ވީ.އައި.އޭގެ އައު ޓާރމިނަލަށް ޖައްސާ ފުރަތަމަ ފްލައިޓުގައި ހިދުމަތްދޭ މޯލްޑިވިއަންގެ ކްރޫއިންވެސް ތިބީ ދިވެހި ހެދުމުގައެވެ.

އެއަރޕޯޓް ހިންގާ ކުންފުނީ އެމްއޭސީއެލް އިން ބުނިގޮތުގައި އެއަރލައިން ތަކަށް ޚިދުމަތް ދޭން ފަށާނީ، ސެޕްޓެމްބަރު މަސް ނިމޭ ހިސާބުގައި ކަމަށެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު، ވީއައިއޭގެ އައު ޓާރމިނަލް ރޭ ހުޅުވިއިރު ޑްރޯން ޝޯވްގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލި ރަންވޭ މައްޗަށް ގިނަ އަދަދެއްގެ ޑްރޯންތަށް ވެއްޓުމުގެ ސަބަބުން އެތައް އިރަކު ރަންވޭ ބަންދުކޮށްފައި ބާއްވަން ވަނީ ޖެހިފައެވެ.

އޭގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓްތަކަށް ނުޖެއްސި ޑިލޭކުރަން ޖެހުނެވެ.

- ކޮމެންޓް