Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 19:54
އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ
ސޯޝަލް މީޑިއާ
ނަރެންދުރަ މޯދީ
ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މޯދީ އިންޑިއާއަށް ފުރާވަޑައިގެންފި
ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި ގާތްގަނޑަކަށް 550 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އެއާ ގުޅުންހުރި މަޝްރޫޢުތަކަށް ވަނީ ހަމަޖައްސައިދެއްވާފަ
ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަތުރުފުޅަކަށް

ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެކަން ހާމަކުރައްވާ އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއަށް ކުރެއްވީކާމިޔާބު ދަތުރުފުޅެއް ކަަމށެވެ.

"ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ތިޔަ ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވަން. 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަތުރުފުޅަކަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުންގެ ބައްދަލުވުމުގައި، މަސްވެރިކަމާއި އެކުއަކަލްޗަރ، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ، ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި)، އިންޑިއަން ފާމަކޯޕިއާ، އަދި އައު ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓެއް ހިމެނޭ ގޮތަށް މުހިންމު 6 ދާއިރާ އަކުން މޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި ގާތްގަނޑަކަށް 550 މިލިއަން އެމެރިކާ ޑޮލަރު ގެ ލައިން އޮފް ކްރެޑިޓް ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އެއާ ގުޅުންހުރި މަޝްރޫޢުތަކަށް ވަނީ ހަމަޖައްސައިދެއްވާފައެވެ.

- ކޮމެންޓް