ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހިނިހިރު ދުވަހު އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން ބުނެފިއެވެ.
އައިޖީއެމްއެޗް އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، މިނިވަން ދުވަހާއި ގުޅިގެން ޖުލައި 27 އަދި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް، އެ ދުވަސްތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވުމާއި ގުޅޭ pic.twitter.com/Bx7ibbQwNJ
— IGMH (@igmhmv) July 25, 2025
އައިޖީއެމްއެޗުން އަންނަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މިހާރު އައިޖީއެމްއެޗުން އަންނަނީ މިމަހުގެ 27ވަނަ ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުންނެވެ.