Advertisement
ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 00:06
ބްރިޖް ހައިވޭގައި ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގެ ބައެއް މަންޒަރުތައް: މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވޭ
ބްރިޖް ހައިވޭގައި ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގެ ބައެއް މަންޒަރުތައް: މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވޭ
އެމްވީކްރައިސިސް
އެކްސިޑެންޓު
އަނެއްކާ ވެސް އެކްސިޑެންޓެއް. މިފަހަރު ބްރިޖް ހައިވޭގައި
މާލެއިން ހުޅުމާލެއަށް ދާން އޮންނަ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެފަ
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށް

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހައިވޭގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ. މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ސޯޝަލް މީޑިގެ ޕްލެޓްފޯމު ތަކުގައި ދައުރުވާ ވީޑިއޯތަކުން ހައިވޭގެ އަރިމަތީގައި ހުންނަ ރެއިލިންގ ކައިރީގައި އެކްސިޑެންޓް ވި މީހާ ވެއްޓިފައި އޮތް ތަން ފެނެއެވެ. އަދި ސައިކަލެއް ވެސް ވެއްޓިފައިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުން އެ ތަނަށް އެއްވެފައިވާ މަންޒަރު ފެންނައިރު، ފުލުހުން ވެސް ދަނީ ތަނުގައި ހަރަކާތްތެރިވަމުންނެވެ.

މިކަމުގެ އިތުރު ތަފްސީލެއް ހޯދާލަން ފުލުހުންގެ މީޑިއާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދީފައި ނުވާތީ މި އެކްސިޑެންޓުގެ އިތުރު ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ގައިގެ އެކި ތަންތަނުން ހަން ގޮސްފައި ހުރިއިރު، އަންހެން މީހާއަށް ލިބުނު އަނިޔާތައް ސާފެއް ނުވި އެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މާލޭގައި އާދިއްތަ ދުވަހުގެ ރޭގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ޒުވާނަކު ނިޔާވެފައެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އިތުރު ދެމީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، އެވެ.

ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ.

- ކޮމެންޓް