Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 21:08
މޯލްޑިވިއަންގެ ފްލައިޓެއް ވީއައީއޭ އެއާޕޯޓުގައި
މޯލްޑިވިއަންގެ ފްލައިޓެއް ވީއައީއޭ އެއާޕޯޓުގައި
ރާއްޖެއެމްވީ
މޯލްޑިވިއަން
އާ ޓާރމިނަލް ހުޅުވާ ދުވަހު، ބާރުބޮޑުވާނެތީ ފަސިންޖަރުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ވީއައިއޭގެ އައު ޓަރމިނަލް ހޮނިހިރު ދުވަހު ހުޅުވުމާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ ފަސިންޖަރުން ސަމާލުވުމަށް މޯލްޑިވިއަނުން ވަނީ އަންގާފަ
ބައިނަލްއަޤްވާމީ ދަތުރުތަކަށް 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުތަކަށް 2 ގަޑިއިރު ކުރިން އެއަރޕޯޓަށް އައިސް ޗެކިންގ ކަންތައް ނިންމުމަށް ވަނީ އެދިފަ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ފަސިންޖަރުން ސަމާލުވުމަށް ގައުމީ އެއަރލައިން މޯލްޑިވިއަނުން އިލްތިމާސް ކޮށްފި އެވެ.

"ދަތރުރުވެރިންގެ ސަމާލުކަމަށް" ނަމުގައި އެކްސްގައި ގައުމީ އެއަރލައިނުން ކުރި ޕޯސްޓެއްގައި ބުނީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވާތީ އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަހައްދުތަކުގައި ދުއްވާއެއްޗެހި ގިނަވެ، ތޮއްޖެހުން ބޮޑުވަނެކަމަށް ލަފާކުރެވޭކަމަށެވެ.

އެހެންކަމުން ދަތުރުގެ ކަންކަން އޮމާންކަމާއިއެކު ކުރިއަށްގެންދިއުމަށް ދަތުރުކުރާ ހުރިހައި ފަސިންޖަރުން ވެސް މިކަމަށް ސަމާލުކަން ދެއްވުމަށް އެދޭ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ބައިނަލްއަޤްވާމީ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ވީހާވެސް އަވަހަށް ޗެކްއިންކޮށް ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށާއި ކުރިއާލާ ދަތުރުރާވައި މަގުތައް ތޮއްޖެހޭނެކަމަށް ބަލައި އެއަރޕޯޓަށް ވަގުތު އޮއްވައި އައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހޮނިހިރު ދުވަހު ހުޅުވާއިރު އެންމެ ފުރަތަމަ ދަތުރުފަށާނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ.

- ކޮމެންޓް