Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 13:45
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވަނީ
ރައީސް އޮފީސް
ރާއްޖެ-އިންޑިއާ ގުޅުން
ރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެ: މޯދީ
ދެ ގައުމުގެ އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް
މޯދީ ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް މުއިއްޒު
މޯދީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަވާނެ

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ރާއްޖެއަށް ވަޑައިގަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކިޔުއްވި މަރުހަބާއިން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ދެއްވި ހޫނު މަރުޚަބާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން މޯދީ ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި މޯދީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަވާނެ އެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް