Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 09:42
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ޑރ މުއިއްޒު
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ޑރ މުއިއްޒު
ރައީސް އޮފީސް
އިންޑިއާ-ރާއްޖެ ގުޅުން
މޯދީ ރާއްޖެ ވަޑައިގެންފި
މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ކުރައްވާ ދަތުރުފުޅެކެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ ދެ ދުވަހުގެ މުއްދަތަކަށެވެ.

މި ދަތުރުފުޅުގައި މޯދީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަވާނެ އެވެ.

ބޮޑު ވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުން އޮންނާނީ ހުކުރު ދުވަހު ހަވީރު މާލޭގެ ޖުމްހޫރީ މައިދާނުގައެވެ. ރަސްމިއްޔާތު ފެށޭނީ ހަވީރު 4:00 ގައެވެ.

ހުކުރު ދުވަހު ހަވީރު 5:30 ގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި މަޝްރޫޢުތައް ރަމްޒީ ގޮތުން އިފްތިތާޙުކުރެއްވުން އޮންނާނެއެވެ.

މަޝްރޫއު ތައް އިފްތިތާޙު ކުރެއްވުމަށްފަހު ނޫސްބަޔާނެއް ނެރުއްވާނެއެވެ.

ހުކުރު ދުވަހުގެ ރޭ ބޮޑު ވަޒީރު މޯދީ ގެ ޝަރަފުގައި ބާއްވަވާ ރަސްމީ ފަރީއްކޮޅު އޮންނާނެއެވެ.

މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް