Advertisement
ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 23:20
އިމާރާތެއް ހަދަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ އިންފާރު ވެއްޓިފައި
އިމާރާތެއް ހަދަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ އިންފާރު ވެއްޓިފައި
ރާއްޖެއެމްވީ
މާލެ ގެއެއްގެ ފާރު ވެއްޓުން
މާލޭ ގެއެއްގެ ފާރުވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
އަނބުގަސްމަގުގައި ހުންނަ މ. ތަކަންދޫ ގޭގެ ފާރު ގޭތެރެއަށް ވެއްޓުނީ ޖެހިގެން ހުރި މ. ހަވާއި ގޭގައި މަސައްކަތް ކުރަމުން ދަނިކޮށް

މާލެގައި ހަދަމުންދިޔަ އިމާރާތަކާ ޖެހިގެން ހުރި ގޭގެ ފާރުވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އަނބުގަސްމަގުގައި ހުންނަ މ. ތަކަންދޫ ގޭގެ ފާރު ގޭތެރެއަށް ވެއްޓުނީ ޖެހިގެން ހުރި މ. ހަވާއި ގޭގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބުން ގޮތުގައި، ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައި ހުރި ފާރެއް ކަމަށާއި ގާތްގަނޑަކަށް އަށް ފޫޓަށް ރާނާފައި ހުރި އެ ފާރާ އިންވެގެން އޮތް ގެ ހަދަން ފެށުމުން އެ ފާރަށް ގުޑުން އަރަމުން ދިޔަ ކަމަށް އެގޭގެ މީހުން ބުނެއެވެ. އެކަމަކު މަސައްކަތް ކުރާތާ އަށް މަސް ވީ އިރު ވެސް ކުރި އެއްވެސް ރިޕޯޓަކަށް ކަމާބެހޭ އިދާރާއަކުން ހައްލެއް ހޯދައިނުދިން ކަމަށްވެސް އެގޭގެގައި ދިރުއުޅޭ މީހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ގޭގެ އެތެރޭގައި ތިބި މީހުން ބޭރަށް ނުނިކުމެވި، ބޭރުގައި ތިބި މީހުންނަށް އެތެރެއަށް ނުވަދެވި އެވަގުތު ތާށިވެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި، މާލެ ސިޓީ ކައުންސިލާއި، ސްޓެލްކޯއިން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް