Advertisement
ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 13:18
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގެއް
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގެއް
ދައުރު
ކަރަންޓް ކެނޑުން
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިއްޖެ
އެ މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން އެ ކުންފުނީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދެ ވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވާއިރު، މި ފަހުން އައިސް މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

- ކޮމެންޓް