އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދާ ބަލިމީހުންނަށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބެސްފަރުވާއަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫނު އަތޮޅުގެ ރަށްތަކަށް މިވަގުތު ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވަމުން ރައީސް އެކަން އިއުލާނު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެޕޯސްޓް ގައި ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މި ފެށޭ އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގަވައިފައިވާ ކަމަށެވެ. އަދި އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް އެ ދުވަހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މައުލޫމަތް ލިބިފައިވާގޮތުގައި މީގެ ކުރިން 2000 ޑޮލަރ ބޭންކު ތަކުން ދެމުން ގެންގޮސްފައިވަނީ ހަމައެކަނި އާސަންދައިގެ އެހީގައި ރާޖޭން ބޭރަށް ބޭސްފަރުވާއަށް ދާފަރާތް ތަކަށެވެ.
މި ނިންމެވުން ރައީސް ނިންމަވާފައި މިވަނީ ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.20 ޑޮލަރަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭހާ ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.