ށ. ފުނަދޫ
|
19 ޖުލައި 2025 | ހޮނިހިރު 15:21
ށ.ފުނަދޫގެ ހިތްގައިމު ކުޅި
ށ.ފުނަދޫގެ ހިތްގައިމު ކުޅި
ރާއްޖެއެމްވީ
ފުނަދޫގެ ދަށްފަޅު
ފުނަދޫ ދަށްފަޅު ފްލެމިންގޯގެ ޚާއްސަ މަންޒިލެއް
ށ.އަތޮޅުގައި ވެރިކަން ކުރާ ފުނަދޫއަކީ ގުދުރަތީ ގޮތުން އެތައް މުއްސަންދިކަމާއި، ރީތިކަން ލިބިފައިވާ އެއްރަށެވެ. ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައަކާ ދޭތެރޭގައި އޮންނަ ރީތި ތިލަ ފަޅަށް ''ދަށްފަޅު'' މި ނަންދާފައިވާއިރު، މި ސަރަހައްދު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މިރަށަށް ޒިޔާރަތް ކުރެއެވެ. މީގެ އިތުރުން ހިޖުރަކުރާ ދޫނީގެ ތެރެއިން އެކި ބާވަތުގެ ދޫނިތައް ވެސް މިސަރަހައްދަށް އެކި މޫސުންތަކުގައި އާދެއެވެ. އޭގެތެރޭގައި ފްލެމިންގޯ ހިމެނެއެވެ.

ށ.އަތޮޅުގައި ވެރިކަން ކުރާ ފުނަދޫއަކީ ގުދުރަތީ ގޮތުން އެތައް މުއްސަންދިކަމާއި، ރީތިކަން ލިބިފައިވާ އެއްރަށެވެ. މުޅި ރާއްޖޭގެ އިތުރުން އެ އަތޮޅަށް ވެސް އެރަށުގެ ގުދުރަތީ ރީތިކަން މަޝްހޫރެވެ. ކުދިކުދި ޖަޒީރާ މިރަށްތަކުގެ ތެރޭގައި ފުނަދޫ ޚާއްސަވެފައިވަނީ އެރަށުގެ ދިގު މިނަށް އޮންނަ ދަށްފަޅު ކުޅީގެ ސަބަބުންނެވެ. ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެރަށާއި ކުޑަހުރައަކާ ދޭތެރޭގައި އޮންނަ ރީތި ތިލަ ފަޅަށް ''ދަށްފަޅު'' މި ނަންދާފައިވާއިރު، މި ސަރަހައްދު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މިރަށަށް ޒިޔާރަތް ކުރެއެވެ. މީގެ އިތުރުން ހިޖުރަކުރާ ދޫނީގެ ތެރެއިން އެކި ބާވަތުގެ ދޫނިތައް ވެސް މިސަރަހައްދަށް އެކި މޫސުންތަކުގައި އާދެއެވެ. އޭގެތެރޭގައި ފްލެމިންގޯ ހިމެނެއެވެ.

ދަށްފަޅުގެ ފުއްޓަރު ފަރާތުގައި ހެދިފައި ހުންނަ ކުރެދި އަދި ރަނޑޫ ގަހުގެ އިތުރުން މިފަދަ ކުޅިތަކުގެ ކައިރީގައި ހެދޭ ބޮޑަވަކި ފަދަ އެތައް ބާވަތެއްގެ ގަސްތަކެއްގެ ސަބަބުން މިސަރަހައްދުގެ ގުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަން ލިބެއެވެ. ދަށްފަޅުގެ އެންމެ ޚާއްސަ އެއް ކަމަކީ އެތާ އުޅޭ ނޫމާ ނަމަކަށް ކިޔާ ކަކުންޏެވެ. މީގެ އިތުރުން އެކި ބާވަތްބާވަތުގެ މަހާއި، މަޑިއާއި، މިޔަރުވެސް މިސަރަހައްދުގައި ދިރިއުޅެއެވެ.

ށ.ފުނަދޫގެ ހިތްގައިމު ކުޅި

މާލެއާ 221 ކިލޯމީޓަރު ދުރުގައި އޮންނަ ފުނަދޫ ރައްޔިތުން ބޭނުންވަނީ ދަށްފަޅު ސަރަހައްދު ތަރައްގީކޮށް އިތުރު އާމްދަނީ ހޯދާނެ ގޮތެކެވެ. އެހެން ބަޔަކަށް ބަރޯސާނުވެ ރަށް ތަރައްގީ ކުރަން ބޭނުންވެއެވެ. އެހެންކަމުން މުޅި ރަށަށް ރީތިކަން ގެނެސްދޭ ދަށްފަޅު ސަރަހައްދުގެ ރީތިކަން ދަމަހައްޓަައި، އެތަނުން އާމްދަނީ ހޯދާނެ ޕްލޭންތައް ކައުންސިލުން ދަނީ ކުރަމުންނެވެ.

ށ.ފުނަދޫގެ ހިތްގައިމު ކުޅި

ރާއްޖެއެމްވީއަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ދަށްފަޅު ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާތީ 9 އަހަރު ވެފައިވާ ކަމަށާއި، މިއީ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ޓޫރިޒަމް މިނިސްޓްރީއާއެކު އަވަސް މުސްތަގުބަލެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

މިސާލަކަށް ބަލަމާ ހިނގާ މިދިޔަ ފަސް އަހަރު ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން ލޭންޑް ޔޫސް ޕްލޭން ފާސްކޮގެން ނޫނިއްޔާ ބިން ދޫކުރެވޭ ގޮތަކަށް ނޫން މިއޮންނަނީ. އެހެންނަމަވެސް މިދިޔަ 5 އަހަރު ނިމިގެންދިޔައިރު ލޭންޑް ޔޫސް ޕްލޭން ފާހެއް ނުވި. އެގާނޫނީ ގޮތުން ހުންނަ ބައެއް ކަންތައްތަކާއި އެބޭފުޅުން އެބޭނުންވާ ގޮތަށް ރައްޔިތުންނަށް އެބަސްނުވެވި މިހެން ގޮސް ސަރުކާރު ނިމި މިސަރުކާރު ފެށުނުތަނުން މިއޮތީ ފާސްވެފައި. ފާސްވެގެން އައިސްފައި މިއަދު މަސައްކަތް މިކުރަނީ ޓޫރިޒަމް މިނިސްޓްރީއާއެކު އެސަރަހައްދުގައި ތިން ހެކްޓަރުގެ ބިމެއް އެބައޮތް. އެ ޓެންޑާ ކޮށްގެން އެ ބިން ނަގާ ފަރާތްތަކާއެކު އަޅުގަނޑުމެން ނޭޗަރ ޕާކެއް ތަރައްގީކޮށް ފުނަދޫއަކީ މީހުން އަންނަ ފަތުރުވެރިން ވެސް އަންނަ މަންޒިލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. މިއަދު ވެސް ހަމަ އެ މަސައްކަތުގައި މިއުޅެނީ. ފިނޭންސް މިނިސްޓްރީ އަންނަނީ ބިމުގެ އެއްވެސް މަސައްކަތެއް ނުކުރަން. ނަމަވެސް ޓޫރިޒަމް މިނިސްޓްރީއާއެކު ރަނގަޅު މަސައްކަތެއް ކުރެވޭ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ މަޝްވަރާއާއެކު، ދަށްފަޅު ސަރަހައްދުގައި ސިޓީ ހޮޓަލެއްގެ އިތުރުން އީކޯޕާކެއް ތަރައްގީ ކުރުމަށް ނިންމާފައެވެ. އެއާއެކު ސަރުކާރު ހިމާޔަތްކޮށްފައިވާ ފަރުކޮޅުން ވެސް އާމްދަނީ ހޯދާނެ ގޮތްތަކުގެ ޕްލޭން އޮތް ކަމަށް ކައުންސިލުންގެ ރައީސް ވިދާޅުވެފައިވެއެވެ.

ށ.ފުނަދޫގެ ހިތްގައިމު ކުޅި

ފުނަދޫގައި ޓޫރިސްޓުން ނުވަތަ އެކޯޕާކެއް ހޮޓަލެއް އެޅިގެންދާއިރު ފަރުކޮޅު އަޅުގަނޑުމެންގެ އެބައޮތް. ފަރުކޮޅަކީ ސަރުކާރުން ހިމާޔަތް ކޮށްފައި އަދި އެތަނަށް ކުރަމުންދަނީ ކޮން ބޭނުންމެއްތޯ ބެލުމަށް މިހާރު ޕްރޮޖެކްޓެއް އެބަ ކުރިއަށްދޭ. ޕްރޮޖެކްޓް ނިމިގެންދާއިރު، ފަރުކޮޅަކީ ވަރަށް ރީތި ނޭޗަރއެއް. އެތަނުގައި މިޔަރު ވިހާތަނެއް އެބައޮތް. މިހުރިހާ ކަމަކަށް ބަލާއިރު، ފުނަދޫގައި ރަނގަޅު ބައެއް އައިސް މަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ މިބޭފުޅުންނަށް ވިއްކާނެ ތަންތަން ފުނަދޫގައި އެބައޮތް. އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް މިއީ. މިކަމަށް އަޅުގަނޑުމެންނަށް ހުރަސް އަޅާ ކަމަށްވާނަމަ މި ވާހަކަ ދެއްކޭނެ. މިއީ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ކަމެއް. 50 ރޫމްގެ ތަނެއް ހެދުނީމަ ފުނަދޫ ރައްޔިތުންގެ ކިތައް ބޭފުޅުންނަށްތޯ އާމްދަނީ އިތުރުވެގެންދާނީ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

ފުނަދޫ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެރަށުގެ ގުދުރަތީ ރީތި ކަމަކީ އެރަށުގެ ރައްޔިތުން ނަސީބެވެ. އެނަސީބުގެ ބޭނުން ހިފައި އެރަށުގެ ރައްޔިތުން މިއަދު ތިބީ ގުދުރަތީ ވަސީލަތްތައް ވިއްކައިގެން އާމްދަނީ ހޯދުމަށް ކެތްމަދުވެފައެވެ.

ށ.ފުނަދޫގެ ހިތްގައިމު ކުޅި

78 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޮންނަ މި ރަށަކީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބިން ބޮޑު ރަށް ކަމަށްވާއިރު، ކާމިޔާބުކަމާއެކު މިރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރެވިއްޖެކަމަށްވާނަމަ މިއީ ރަށާއި، އަތޮޅުގެ އިތުރުން މުޅި ގައުމަށް ލިބޭނެ ކުރިއެރުމެއްނުންތޯއެވެ.

- ކޮމެންޓް