Advertisement
ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 18:18
ޓީއެމްއޭގެ މުވައްޒަފުން ރޭ ބޭއްވި ބައްދަލުވުން
ޓީއެމްއޭގެ މުވައްޒަފުން ރޭ ބޭއްވި ބައްދަލުވުން
ސޯޝަލް މީޑިއާ
ޓްރާންސް މޯލްޑިވިއަން އެއަރވޭސް
ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާ ގުޅިގެން ޓީއެމްއޭގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމައިފި
ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފައިވަނީ މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލޭ ވޯޓަރސް އެޖް ރޫފްޓޮޕްގަ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން ޖުލައި 26 ގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފައިވަނީ މުސާރައިގެ އޮނިގަނޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލޭ ވޯޓަރސް އެޖް ރޫފްޓޮޕްގަ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

ގިނަ އަދެއްގެ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި އެމުވައްޒަފުން ވަނީ އެމްއެމްއޭގެ ޕްރެޝަރަށް ޓީއެމްއޭއިން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

އެގޮތުން ޓީއެމްއޭގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ މުސާރައިގެ %80 ޑޮލަރުން އަދި %20 ދިވެހި ރުފިޔާއިން ދޭ ގޮތަށް ގެނައި ބަދަލެކެވެ. ޓީއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ މި އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން އެ ތަނަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭތީ އެވެ.

ރޭގެ ބައްދަލުވުމުގައި އެ މުވައްޒަފުން ފާހަގަކުރިގޮތުގައި ޓިއެމްއޭއިން ގެނައި މި ބަދަލަކީ މުވައްޒަފުންނާއި މާބޮޑު މަޝްވަރާކުރުމެއް ނެތި ގެނައި ބަދަލެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ކަމަށްވާ ޓީއެމްއޭގެ އޮޕަރޭޝަން ހުއްޓުމަކީ ފަތުރުވެރިކަމަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ގިނަ އަދަދެއްގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށްބޭނުންކުރަނީ ސީޕްލޭން ކަމަށްވާއިރު މުވައްޒަފުންގެ ޑިމާންޑަށް އިޖާބަ ނުދީފިނަމަ ޓޫރިޒަމަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް