ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ ޑިއުޓީފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑިއުޓީ ގަޑިތަކުގައި މޯބައިލް ފޯނު ގެންގުޅުން މަނާކޮށްފި އެވެ.
300 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ޑިއުޓީފްރީގައި މުވައްޒަފުންނަށް މޯބައިލް ފޯނު ގެންގުޅުން މަނާކުރީ އެއާރޕޯޓުގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުޙައްމަދު ސޮއިކޮށް ނެރުނު އިންޒާރުގެ ނޯޓިސްއެއްގައި އެވެ.
އެމްޑީ ޝަރީފް ނެރުނު އިންޒާރުގެ މި ނޯޓިހުގައި ބުނެފައި ވަނީ، ޑިއުޓީފްރީގައި އެއްވެސް މުވައްޒަކު ފޯނު ގެންގުޅުމާއި ފޯނު ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އަންގާ ކަމަށާއި ކޮންމެ މުވައްޒަފަކަށް ވެސް މޯބައިލް ފޯނު ބޭނުން ކުރެވޭނީ ހަމަ އެކަނި ޑިއުޓީ ޝެޑިއުލުގައި ވާގޮތަށް ލިބޭ ބްރޭކް ގަޑީގައި އެކަނި ކަމަށެވެ.
އަދި އެގޮތަށް އަމަލުކުރުމަށް ނިންމާފައި ވަނީ ބައިނަލްއަޤްވާމީ ގޮތުން ޕްރޮފެޝަނަލް މާހައުލެއް ޤާއިމު ކުރުމަށާއި ކަސްޓަރަމަރުންގެ މިންގަނޑުތަށް ދެމެހެއްޓުމަށް ކަމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ.
އަދި ތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު އެމަޖެންސީ ހާލަތެއްގައި ކޮންމެ ހެން މޯބައިލް ފޯނު ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ތަނުގައި އޮންނަ ޑިއުޓީ މޯބައިލް ފޯނު ބޭނުން ކުރުމަށް އަންގާ ކަމަށް ވެސް އެ އެންގުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޑީ ޝަރީފްގެ މިއެންގުމާއި ޚިލާފުވާ މުވައްޒަފުންނަށް ކޮމްޕެނީގެ އުސޫލުގައި ބަަޔާން ކުރެވިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅާނެ ކަމުގައި ވެސް މި އެންގުމުގައި ވެއެވެ.
އެއާޕޯޓުގެ އެމްޑީ ޝަރީފުގެ މި ހަރުކަށި ފިޔަޅުގެ ސަބަބުން ޑިއުޓީފްރީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ މުވައްޒަފުން ބުނަމުން ގެންދަނީ ތަނުގައި މަސައްކަތް ކުރަމުން އަންނަ 300 މުވައްޒަފުން އެންމެ ފޯނެއް ބޭނުން ކުރަން ޖެހުމަކީ ވަރަށް އުނދަގޫ އަދި ދަތި ކަމަށް ވެފައިވާ ކަމަށެވެ.
އަދި ޑިއުޓީގައި ހޭދަކުރާ އަށް ގަޑިއިރުގެތެރޭގައި ފޯނު ބޭނުން ނުކުރެވޭގޮތަށް އަންގާފައިވާއިރު، އަނބިދަރިންނާއި އާއިލާގެ މީހަކަށް އެމަޖެންސީ ހާލަތެއް ދިމާވި ނަމަވެސް ނޭންގޭ ހާލަތަށް ތަނުިގެ ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
މިހުންނަނީ ދެރަ ކަންކަން. ޑިއުޓީގައި ހޭދަކުރާ އަށް ގަޑިއިރު، ތިބެންވީ ފޯނު ބޭނުން ނުކޮށް. ބަލަ އަހަރެމެންގެ ވެސް އަނބިދަރިންނާއި މައިންބަފައިން ވެސް އެބަތިއްބޭ، އޭގެން މީހަކަށް ކަމެއްދަމެއް ބުރަވެގެން، އެމަޖެންސީ ހާލަތެއް ދިމާވީމަ ދެން ކިހިނެއް ހަދާނީ. އަހަރެމެންގެ އާއިލާ މީހަކަށް ކަމެއް ދިމާވިޔަސް ނޭންގޭނެ، އެފަދަ ހާލަތެއްގައި އެމްޑީ ޝަރީފް ޒިންމާ ނަގާނެތަ
އެއާޕޯޓް ޑިއުޓީފްރީގައި މަސައްކަތް ކުރާ ފަރާތެއް![]()
މީގެ އިތުރުން އިތުރު މުވައްޒަފަކު ބުނީ ތަނުގައި އުޅެ މުވައްޒަފުންނަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތި ކުރުވަމުން ގެންދާ ކަމަށެވެ. އަދި ތަނުގައި ހެދިފައި އޮންނަ ގަވާއިދުތަކަކީ މުވައްޒަފުންނަށް އެތަނެއް ދަތިތަކާއި ދުއްތުރާ ޖެހޭ ގޮތަށް ހަދާފައި ހުންނަ ގަވައިދުތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެންގެ އަނބިން، ދަރިން ވެސް އެބަތިބި، ބައެއް މުވައްޒަފުންނަށް ނަކީ އެކަނި ދަރިން ގޭގައި ބައިތިއްބާފައި ޑިއުޓީއަށް އައިސް އުޅޭ މުވައްޒަފުން. އެމީހުން އެމީހުންގެ ދަރިންގެ ހާލުވެސް. އެކުދިނއ އުޅޭނޫޅޭ ގޮތް ވެސް ބަލަން ބޭނުން ވާނެ ދެއްތޯ. މިގޮތަށް މިކަހަލަ ކަންތައް ކުރަން ހެޔޮނުވާނެ އެއްނު.
ޑުއުޓީފްރީގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު![]()
ކޮންމެ އަކަށް މި ނިންމުމަކީ ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެތަކެއް ތަކުލީފުތަކާއި ދަތިތައް ކުރިމަތިވާނެ އުސޫލަކަށް ވަނީ ވެފައެވެ. ޑިއުޓީ މުވައްޒަފުންގެ ގޮތުގައި ވެސް 300 އަށްވުރެ ގިނަ މުވައްޒަފުން ތިބެ އެވެ.