ބ. ތުޅާދޫ ފެނަކަ ބްރާންޗްގެ ހިންގުން ބޮއްސުންލާ މުވައްޒަފުން އިންތިހާއަށް ރުޅިގަދަވެއްޖެއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ތުޅާދޫ ފެނަކަ ބްރާންޗްގެ ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރައްވާ މުވައްޒަފަކު ވިދާޅުވީ އެބްރާންޗްގެ ހިންގުން އިންތިހާ ދަރަޖައަށް ބޮއްސުންލާފައިވާ ކަމަށާއި އެގޮތުން ބްރާންޗް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ނިމާލްގެ ލީޑަރޝިޕް ކުއަލިޓީއެއް ނެތުމުން ތަނުގެ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލިފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އަލީ ނިމާލް ބޭނުންވާ ގޮތަކަށް ބަދަލުކޮށް، މުވައްޒަފުން ލައްވާ މަސައްކަތްކުރުވަމުންދާ ކަމަށްވެސް ބުންޏެއެވެ.
އެހެންކަމުން މިފަދަ އެތައް ކަމެއް ހުރުމުން، އަލީ ނިމާލްގެ މައްސަލައާއި ގުޅިގެން އެތައް މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް ޕެޓިޝަންއެއް ހަދާ، ފެނަކަ ހެޑް އޮފީސް އަދި ރައީސް އޮފީހަށްވެސް ހުށަހަޅާފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުލިބިފައެވެ.
އެގޮތުން މީގެ ކުރިންވެސް މުވައްޒަފުންނާއި މެދު އިހާނެތިކޮށް ކަންކަން ކުރަމުންދިއުމުން އެވާހަކަ ދެއްކުން އަލީ ނިމާލް ބުނެފައިވާ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވަނީ، މިވަގުތު ތަން ހިންގުމާއި ހަވާލުވެ ހުރީ އޭނާ ކަމަށާއި އެހެންކަމުން ތަން ހިންގުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް ބަސްކިޔުމުގެ އެއްވެސް ހައްގެއް ކަމަށެވެ.
ކަނޑައެޅިގެން ވަޒީފާގެ ބަޔާނާއި ހިލާފަށް އަލީ ނިމާލް ކަންތައް ކުރަމުންއެދަނީ، މޫސާ ފަތުހީއަކީ ފެނަކައިގެ މެކޭނިކްއެއް، އޭނާއާއި މެދުވެސް ބޭނުންގޮތަކަށް ކަންތައްތައްކޮށް އެންމެ ފަހުން ނަފްސާނީ ގޮތުން ބަލިކަށިވެ މިއަދު ވަނީ ހެލްތް ސެންޓަރުގައި ފަރުވާވެސް ދީފައި، މިކަންކަމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން، އަލީ ނިމާލް މަސައްކަތް ކުރަމުން އެދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން، މިތަން މިއޮތީ ބޮއްސުންލާފައި
ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރައްވާ މުވައްޒަފެއް![]()
މިކަމުގައި މުވައްޒަފުންގެ ނުހަނު ކަންބޮޑުވުންތަކެއް ހުރި އިރު، އެބްރާންޗްގައި 47 މުވައްޒަފުން މަސައްކަތްކުރަމުންދެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާވެ އޮފީސްތައް ހިންގުމުގައި ބޮއްސުންލާފައިވާކަން ގިނަ ބަޔަކު ދަނީ ފާހަނގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.