ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 12:39
ޖަރުމަނުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ޖަރުމަނުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމަ އަވަހަށް ހުއްޓާލުމަށް ނަތަންޔާހޫގެ ކިބައިން ޖަރުމަނުގެ ޗާންސެލަރ އެދިވަޑައިގެންފި
އެ ފޯނު ކޯލުގައި ޖަރުމަނުގެ ޗާންސެލަރ މެޔަޓްޒް ވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، ހަމާސްގެ ހަތިޔާރު މަދު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި.

އިސްރާއީލް އިން ޣައްޒާގައި ހިންގަނުން އަންނަ ހަނގުރާމަ ވީ އެންމެ އަވަހަށް ހުއްޓާލުމަށް، ޖަރުމަނުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިހުން އެދިވަޑައިގެންފި އެވެ.

މެޔަޓްޒް މިފަދައިން އެދިވަޑައިގެންފައި ވަނީ ހުކުރު ދުވަހު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ. 

އެ ފޯނު ކޯލުގައި ޖަރުމަނުގެ ޗާންސެލަރ މެޔަޓްޒް ވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، ހަމާސްގެ ހަތިޔާރު މަދު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން މެޔަޓްޒް ވަނީ ހަމާސްގެ ބެލުމުގައި ތިބި އެންމެހައި ރަހީނުން މިނިވަން ކުރުން، އަދި ވަކިސް ޚާއްސަކޮށް އޭގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ ރައްޔިތުން މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ. 

ޖަރުމަނުގެ ބާލިންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޔަޓްޒް ވިދާޅުވެފައި ވަނީ، ޣައްޒާގައި މިހާރު ހިނގަމުން އަންނަ ކަންކަމަކީ، އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މެޔަޓްޒް ވަނީ އިސްރާއީލްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޖަރުމަނުގެ އެއްބާރުލުން އޮންނާނެ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަނުން އަންނަ ހަނގުރާމަ 21 މަސް ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައިވާއިރު، އެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުންގެ ވަނީ ގެދޮރު ގެއްލިފަ އެވެ. މީގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ކާބޯ ތަކެއްޗަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އިސްރާއީލް އިން އަންނަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާކޮށް، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ޣައްޒާގެ ޞިއްޙީ ޚިދުމަތް ދެމުން އަންނަ ތަންތަނަށް އަމާޒުކޮށް ވެސް އިސްރާއީލް އިން އަންނަނީ ހަމަލާ ދެމުންނެވެ. 

- ކޮމެންޓް