ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 17:16
Dhiraagu Building
Dhiraagu Building
ދިރާގު
ދިރާގު
ދިރާގު ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނާއިއެކު ހިލޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ލިބޭ ޕްރޮމޯޝަންއެއް ފަށައިފި
ސެމްސަންގް S25 އަލްޓްރާ ފޯނުން 3 މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ލިބޭނެ. ދިރާގުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ކަނޑައެޅިގެން ފޯރުކޮށްދޭނެއެވެ.

ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް، 3 މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ހުޅުވައިލައިފައިވާ ފުރުސަތެކެވެ.

މި އޮފަރގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް 3 މަހަށް ހިލޭ ބޭނުންކޮށްލެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗަރ ލިބިގެންދާނެއެވެ.

ގެލެކްސީ S25 އަލްޓްރާ ފޯނާއިއެކު ހިލޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން

ސެމްސަންގް ގެލެކްސީ S25 އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފީޗަރތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މި ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބިގެންދެއެވެ. މީގެ އިތުރުން، 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް 2އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދެއެވެ. އަދި މި ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގޭނެއެވެ.

މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ. ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދެމުންނެވެ.

- ކޮމެންޓް