Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 08:35
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު : ވިދާޅުވީ އެއާޕޯޓު ޑިއުޓީފްރީ އަކީ ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަ ދޮރާށި ކަމަށް
މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު : ވިދާޅުވީ އެއާޕޯޓު ޑިއުޓީފްރީ އަކީ ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަ ދޮރާށި ކަމަށް
ރާއްޖެއެމްވީ
ވެލާނަ އިންޓަރނޭޝަނަލް އެއަރޕޯޓް
އެއާޕޯޓު ޑިއުޓީފްރީ އަކީ ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ވަންނަ ދޮރާށި, އެތަނުން ވަންނަ ފައިސާ ރާއްޖޭގައި ހިފެހެއްޓޭނީ ދިވެހިންނަށް ފުރުސަތު ދީގެން: ބޮންޑާ
އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކަކީ މިއަދު ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަ އެއް ދޮރާށި
އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާކަމަށް އަޑުފެތުރިފައިވޭ
ޑިއުޓީފްރީ އޭރިއާ ފިހާރަތަކާއި ތަންތަން ހިންގުމަށް ދިވެހިންނަށް ފުރުސަތު ދޭން ޖެހޭ، އެތަންތަން ހިންގަން ދިވެހިންނަށް ފުރުސަތު ލިބިއްޖެ ނަމަ އެތަންތަނުން ލިބޭ ފައިސާއިން ރާއްޖޭގައި ހިފެހެއްޓޭނެ

ވެލާނާ އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކަކީ މިއަދު ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ (ޑޮލަރު) ވަންނަ ދޮރާށި ކަމަށާއި އެތަންތަނުން ވަންނަ ފައިސާ ރާއްޖޭގައި ހިފެހެެއްޓޭނީ އެތަނުގެ ފިހާރަތަށް ހިންގުމުގައި ދިވެހިންނަށް އިސްކަން ދީގެން ކަމުގައި މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ބޮންޑާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އަޑިނޭނގޭ ޑީލްއެއްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާކަމަށް އަޑުފެތުރިފައިވާއިރުގައި މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ސީއައީޕީ އާއި އެއާޕޯޓުގެ ޑިއުޓީފްރީ ފިހާރަތައްފަދަ ތަންތަނަކީ ރާއްޖެއަށް އެންމެ ގިނައިން ފައިސާ ވަންނަ ދޮރާށި ކަމަށެވެ.

އެގޮތުން އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް ފަދަ ތަންތަން ބޭރުގެ ކުންފުނިތަކަށް ދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ބޮންޑާ ވިދާޅުވީ ޑިއުޓީ ފްރީ ފިހާރަތަކަކީ ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަ ދޮރާށި ނަމަވެސް އެތަނުން ވަންނަ ފައިސާ ރާއްޖޭހައި ނުހިފެހެއްޓޭ ކަމަށެވެ.

ބޮންޑާ ވިދާޅުވީ އެއާޕޯޓުގެ ޑިއުޓީފްރީ އޭރިއާ ފިހާރަތަކާއި ތަންތަން ހިންގުމަށް ދިވެހިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެތަންތަން ހިންގަން ދިވެހިންނަށް ފުރުސަތު ލިބިއްޖެ ނަމަ މާރަނގަޅަށް ހިންގާ، އެތަންތަނުން ލިބޭ ފައިސާއިން ރާއްޖެއަށް ފައިދާތަކެއް ކުރާނޭ ކަމަށެވެ. އަދި އެތަންތަނުން ރާއްޖެއަށް ވަންނަ ފައިސާ ހިފެހެއްޓޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކާއި ސީއައީފީ ޓާމިނަލް ފަދަ ތަންތަނަކީ ރާއްޖެއަށް އެންމެ ގިނަ އާމްދަނީ ވައްނަ ތަންތަން. އެތަންތަން މިދެނީ ބޭރު މީހުންނަށް. ދިވެއްސަކަށް އެއިން ތަނެއް ލިބޭނެ ގޮތެއް ނެތް. ނަތީޖާ އަކީ އެތަނުން ލިބޭ ފައިސާ ރާއްޖޭގައި ނުހިފެހެއްޓުން. އޭގެ ބަދަލުގައި ދިވެހިންނަށް ވެސް ފުރުސަތު އެބަ ދޭންޖެހޭ.

މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ މިފަދައިން ވިދާޅުވިއިރު، ވީއައިއޭގެ ޕްރައިވެޓް ޖެޓްތަކަށް ހިދުމަތް ދިނުމަށް ހެދި، ވީއައިޕީ ޓާމިނަލް ބޭރުގެ ބަޔަކަށް ދިނުމުގެ ކަންކަން ސަރުކާރުގެ ތެރެއިން ސިއްރުން ކުރަމުން ގެންދާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އަޑުފެތުރިފައިވާ ގޮތުގައި އެތަންތަން ދެނީ ދުބާއީގެ ޖެޓެކްސް ކިޔާ ކުންފުންޏަކަށެވެ. އެތަންތަން ދެނީ 25 އަހަރުގެ މުއްދަތަކަށް ކަމަށް ވެސް ވަނީ އަޑުފެތުރުފައެވެ.

ވީއައިއޭ އިން ބައެއް ކުއްޔަށް ދީފި ނަމަ އެމްއޭސީއެލް އަށް އިތުރުވާ އާމްދަނީ އިން 600 މިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އެމްއޭސީއެލް އަކީ ބޮޑު އާމްދަނީ އެއް ލިބޭ ތަނަކަށް ވާއިރުގައި ސާފު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބޭ ކަމަށް ރާއްޖޭގެ މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް މީގެން އެއްވެސް ފައިސާއެއް ރާއްޖޭގައި ނުހިފެހެއްޓޭ ކަމުގައި ވެސް އެފަރާތްތަކުން ވިދާޅުވެއެވެ.

- ކޮމެންޓް