Advertisement
ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 16:12
"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓް: ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، އެއާރޕޯޓުގެ އައު ޓާމިނަލް ޕްރޮޖެކްޓް ގެ 54 އިންސަތަ މަސައްކަތް ނިމިފައިވާ ކަމަށް
"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓް: ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، އެއާރޕޯޓުގެ އައު ޓާމިނަލް ޕްރޮޖެކްޓް ގެ 54 އިންސަތަ މަސައްކަތް ނިމިފައިވާ ކަމަށް
ރައީސް އޮފީސް
"ރައްޔިތުންނާއި އެކު" ޕޮޑްކާސްޓް
އައު ޓަރމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާ ހަވާލުނުކޮށް، އެކަން ކުރީ އަޅުގަނޑުމެން: ރައީސް މުއިއްޒު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ މުހިންމު ދެ މަސައްކަތް، ޑިއުޓީ ފްރީ އޭރިއާގެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށް
އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް، އައު ޓާމިނަލްގެ ހުންނަ މަގަކީ ޓާމިނަލް ބޭނުން ހިފުމަށްޓަކައި ކޮންމެހެން ވެސް ހަދަންޖެހޭ މަގެއް، އެ މަގުވެސް ހަދަން ބަޔަކާ ހަވާލުނުކުރޭ، އެކަން ކުރީ މި ސަރުކާރުން
މި ސަރުކާރު ވެރިކަމަށް އައި އިރު، ޓާމިނަލްގެ މަސައްކަތް ނިމިފައިވާ މިންވަރަކީ 54 އިންސައްތަ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށްކަމަށާއި އެކަން ކުރީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ރައްޔިތުންގެ އަޑު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

އައު ފަސިންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްކަަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ޢިލްމުގެ ބެކްގްރައުންޑުން އެތަން ބެއްލެވިއިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެވަޑައިގެންނެވިކަމަށާއި އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރިނަމަވެސް އެންމެ މުހިންމު މަސައްކަތްތައް ހުރީ ނުނިމި، އަދި ބަޔަކާއި ހަވާލުވެސް ނުކޮށް ކަމަށެވެ.

ރައީ މުއިއްޒު ވިދާޅުވީ މި ދާއިރާ އެނގޭ ކޮންމެ މީހަކަށްވެސް އިމާރާތެއްގެ މަސައްކަތް ނިމޭނީ ކިހާވަރަކަށް ނިމުމުންކަން އެނގޭނެކަމަށާއި ޓަރމިނަލްގެ އެތެރޭގެ ގިނަ ކަންތައްތައް ހުރީ ނުނިމިކަމަށެވެ.

އަދި ހަމައެކަނި ޓާމިނަލްގެ އިމާރާތުގެ މަސައްކަތް ކުރުމަކުން އެއީ ނިމު ނީ ނޫން ކަމަށާއި ޓާމިނަލް އޮޕަރޭޝަނަށް ގެންނަނަމަ ކުރަންޖެހޭ އެތައް ކަމެއް ހުންނާނެކަމަށެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ޓާމިނަލްއަށްދާން އޮންނަ މަގު ކަމަށާއި މި ސަރުކާރު އައިއިރު، އެ މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް ކަމަށާއި އެ މަގަކީ އެއަރޕޯޓްގެ ޓާމިނަލް ބޭނުން ހިފުމަށްޓަކައި ކޮންމެހެން ވެސް ހަދަންޖެހޭ މަގެއް ކަމުގައެވެ. އަދި އެހެން ގޮތަކަށް ދަންނަވާނަމަ އެ މަގަކީ އެތަނުގެ މައިބަދަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީން ގެ ސަރުކާރުން ވެސް އަދި ރައީސް ޞާލިހުގެ ސަރުކާރުންވެސް ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކައް ކޮށްފައިވާ ކަމަށާއި އެގޮތުން މި ސަރުކާރު އައިއިރު، ނިމިފައި ހުރީ ޓާމިނަލް ޕްރޮޖެކްޓްގެ އެންމެ 54 އިންސައްތަ ކަމަށެވެ.

ރައީސް ވިދާޅުވީ ޓަރމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތައް ތަރައްޤީކުރާއިރު ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭކަމަށެވެ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އެއްވެސް ބަޔަކާއި ހަވާލުކޮށްފައި ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭނެ. ކޮމާޝަލް އޭރިއާއެއް ހުންނަންޖެހޭނެ. އެތަންވެސް ނެތް އެއްވެސް ސަރުކާރަކުން ބަޔަކާއި ހަވާލުކޮށްފައި. ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ހުރިހައި ތަނެއްވެސް ހަމަ ދޫކޮށްލާގޮތައް އޮތީ. އެއްވެސްކަމެއް ނެތް އެތާ ހަވާލުކޮށްފައެއް. މިކިޔާ %54 ސްކޯޕްގެ ތެރޭގައި ނުވެސް ހިމެނޭ އެކަންތައްތައް. ނިމިފައި އޮތް %54 ސްކޯޕަށް ބަލާއިރު އޭގެތެރޭގައިވެސް ނުހިމެނޭ ކަމެކޭ މިކަމަކީވެސް. އެވެސް އަޅުގަނޑުމެން މި ހަވާލުކުރީ ބަޔަކާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އައު ޓަރމިނަލަކީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ތަނެއްކަމަށާއި އައު ފަސިންޖަރ ޓަރމިނަލާއެކު އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށެވެ.

- ކޮމެންޓް