Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 18:02
ފަށާއިރު ޕްރޮގްރާމަށް ށ.މިލަންދޫ ކައުންސިލްގެ ނައިބު ރައީސް  ސައިފުއްﷲ އުސްމާނު އިންޓަވިއު ދެއްވަނީ
ފަށާއިރު ޕްރޮގްރާމަށް ށ.މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ސައިފުއްﷲ އުސްމާނު އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
ށ.މިލަންދޫގެ ތަރައްގީ
އިންތިޚާބާ ދިމާކޮށް ގިނަ މަޝްރޫއުތައް ރަށަށް ލިބުނު، ނަމަވެސް މިހާރު ބަނދަރުގެ މަޝްރޫއު ފިޔަވައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ: ކައުންސިލްގެ ނައިބު ރައީސް
ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްލަހުން
ކުނި މެނޭޖްނުކުރެވުމުގެ މައްސަލަ ބޮޑު
ކައުންސިލުން ރަށުތެރެ ފެހި ކުރުމަށް އިސްކަން ދެން

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ވަރަށް ލަސްލަހުން ކުރިއަށްދާ ކަމަށާއި، އިތުރު އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް ސައިފުއްﷲ އުސްމާނު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ކައުންސިލްގެ ނައިބު ރައީސް ސައިފުއްﷲ ވިދާޅުވީ މިވަގުތު ކުރިއަށް ދަނީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށާއި، މަސައްކަތުގެ ސްޕީޑް ވަރަށް ލަސް ކަމަށެވެ.

މިވަގުތު ހިނގަނީ ހަމައެކަނި ބަނދަރު ޕްރޮޖެކްޓް. އެވެސް ހިނގަނީ އެކި ގޮތްގޮތަށް. އެއީ އެކި ދުވަހު މަސައްކަތް ކޮށްލާފައި. މިފަހުން ވަރަށް ބޮޑު ގެބަކާއެކު އޮވެފައި މިހާރު އެބަ ކުރިއަށް ދޭ މިދެތިން ދުވަހު. އަނެހެން ބުނަންޏާ ވަރަށް ސްލޯކޮށް ދަނީ. ހަވީރު ފިންޏަށް މީހުން ނުކުންނަ ގަޑިއަށް އެކްސްކަވޭޓަރު މަސައްކަތް ކޮށްލަނީއޭ. އެކަހަލަ ގޮތް ގޮތަށް ދަނީ.

ކައުންސިލްގެ ނައިބު ރައީސް ސައިފުއްﷲ އުސްމާނު

މިލަންދޫ ބަނދަރު ދެގުނަ ބޮޑުކޮށް، އިތުރަށް ތަރައްގީ ކުރުމަށް މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ޖުމުލަ މި މަޝްރޫއަށް 76.44 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް އިންތިޚާބުތަކާ ދިމާކޮށް ބައެއް މަޝްރޫއުތައް ރަށަށް އައިކަން ފާހަގަކުރައްވައި ސައިފުއްﷲ ވިދާޅުވީ އެންމެފަހުން އައި ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރެވެނު ނަަމެވެސް އެކަން ވެސް މިހާތަނަށް ހައްލު ނުވާ ކަމަށެވެ.

ކުނި ހަގީގަތުގައި އެދެވޭ ގޮތުގައި މެނޭޖެއް ނުކުރެވޭ. އެހެންނަމަވެސް ގޭބިސީތަކުން ކުނި ނަގައިގެން ވޭސްޓް ސެންޓަރާ ހަމައަށް ގެންދެވޭ. އައު ކުނި ކޮއްޓެއް އެޅި އެތަނުގެ ޚިދުމަތް ނުފެށިގެން މިއުޅެނީ. އަނެހެން ބުނަންޏާ އެހައި ރަނގަޅަށް ނޫން ކުނީގެ ކަންތައްތައް ދަނީ. ވެމްކޯއައި އިންތިޚާބާ ދިމާކޮށް. ރަށަށް އައިސްފައި ދިޔައީ ހަމަ.

ކައުންސިލްގެ ނައިބު ރައީސް ސައިފުއްﷲ އުސްމާނު

ސައިފުއްﷲ ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް މިހާރު ކަންކަން ކުރިއަށްދާ ގޮތް ކަމުނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައިފުއްﷲ ވިދާޅުވީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ތާރު އެޅިގެން ދިއުމަކީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މަޝްރޫއާއެކު ރަށް އެކޮށް ބަދަލުވެފައިވާ ކަމަށާއި، ކައުންސިލުން މިހާރު އެންމެ ބޮޑަށް އިސްކަން ދެމުންދަނީ ރަށް ފެހި ކުރުމަށްޓަކައި ގަސް އިންދުން ފަދަ ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް