Advertisement
ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 15:51
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ގައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަސް
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު
ގައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީކޮށް ބަދަލުކުރީ 1982 ވަނަ އަހަރު
ގައުމީ ކުތުބުޚާނާގައި 10،000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުރި
މި ކުތުބުޚާނާއަކީ ގިނަ ދަރިވަރުން ފޮތް ކިޔައި، ބޭނުން ކުރަމުންދާ ކުތުބުޚާނާއެއް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ ފަޚުރުވެރި 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، އެފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. މި އިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީ ގެ ނަމުންނެވެ.

މިހާރު ބޭނުންކުރަމުންދާ ގައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީކޮށް އެނަމަށް ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.

ގައުމީ ކުތުބުޚާނާގައި 10،000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތްހުރިއިރު، ރާއްޖޭގެ ތާރީޚު ކިޔައިދޭ ގިނަ އަދަދެއް ފޮތް ހުރިކަން ފާހަގަކުރެވެއެވެ. އަދި މިހާރު މި ކުތުބުޚާނާއަކީ ސްކޫލުތަކާއި، ޔުނިވާސިޓީ، ކޮލެޖުތަކުގެ ދަރިވަރުން ފޮތް ކިޔައި، މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަމުންދާ ކުތުބުޚާނާއެކެވެ.

- ކޮމެންޓް