ކ. މާލެ
|
8 ޖުލައި 2025 | އަންގާރަ 12:59
އީރާނުގެ މައި ޖަލު ކަމުގައިވާ އެވިން ޕްރިސަން އަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު ގެއްލުން ތައް އީރާނުގެ ކެމެރާމަނުން ޑޮކިއުމެންޓް ކުރަނީ- 2025، ޖުލައި 1
އީރާނުގެ މައި ޖަލު ކަމުގައިވާ އެވިން ޕްރިސަން އަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު ގެއްލުން ތައް އީރާނުގެ ކެމެރާމަނުން ޑޮކިއުމެންޓް ކުރަނީ- 2025، ޖުލައި 1
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދަން، އީރާނުން އޮތީ ފުރިހަމަ އަށް ތައްޔާރަށް: ރިޕޯޓް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޓްރަމްޕް އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވާނީ 12 ދުވަހުގެ ހަނގުރާމައިގެ ކުރިން އެ ދެ ފަރާތުން ބޭއްވި މަޝްވަރާތަކާ އެއްގޮތް ބައްދަލުވުމަކަށް ކަމަށް އީރާނުން ދެކޭ

އިސްރާއީލު ބޭނުންވަނީ ހަނގުރާމަ ކުރިއަށް ގެންދަން ކަމަށާއި، އީރާން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ އީރާނުގެ ދައުލަތުގެ ޓީވީން ބުނެފިއެވެ.

އީރާނުގެ ޕްރެސް ޓީވީ އިން ބުނެފައި ވަނީ އިސްރާއީލުގެ ވެރިން ބޭނުން ވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިކަމަށް ތާއީދު ކުރައްވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ޕްރެސް ޓީވީ އާ ވާހަކަ ދައްކަމުން، މި މަސްދަރުން ހޯމަ ދުވަހު ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޓްރަމްޕް އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ވާނީ 12 ދުވަހުގެ ހަނގުރާމައިގެ ކުރިން އެ ދެ ފަރާތުން ބޭއްވި މަޝްވަރާތަކާ އެއްގޮތް ބައްދަލުވުމަކަށް ކަމަށް އީރާނުން ދެކޭ ކަމަށެވެ.

"[އިސްރާއީލުގެ] ވެރިން ބޭނުން ވަނީ ހަނގުރާމައެވެ، އަދި ޓްރަމްޕް މިކަމާ ދެކޮޅުވާނެ ކަމަކަށް އަހަރެމެން ނުދެކެމެވެ. އަހަރެމެން ވެސް ވަނީ ފުރިހަމަ އަށް ތައްޔާރު ވެފައެވެ،" މި މަސްދަރު ބުނެފައިވެއެވެ.

މި މަސްދަރު އިތުރަށް ބުނެފައި ވަނީ މި ހުރިހާ ބައްދަލުވުމެއް ވެސް އީރާނުން ދެކެނީ "މަކަރުވެރި" ބައްދަލުވުން ތަކެއްގެ ގޮތުގައި ކަމަށެވެ. އެއީ ހުރިހާ ކަމަކަށް ވެސް އެ ދެފަރާތުން ކުރިން އެއްބަސް ވެފައިވާތީ ކަމަށެވެ.

އީރާނާ އެކު މަޝްވަރާ ކުރުމަށް އެމެރިކާ އިން ފަހުން ހުށަހެޅި ހުށަހެޅުމަށް އިޝާރާތް ކުރަމުން، މި މަސްދަރު އިތުރަށް ބުނެފައި ވަނީ، "އަހަރެމެންގެ ނިއުކްލިއަރ ޕްރޮގްރާމަށް އަސްކަރީ ހަމަލާ ދިނުމަށް ފަހު، އަހަރެމެން އެމީހުންނާ އެކު ހަދާ ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އިތުބާރު ކުރާނެ ކަމަށް ޓްރަމްޕް ޤަބޫލު ކުރައްވާ ނަމަ، އޭނާ އަކީ ރަނގަޅު ޑީލްމޭކަރެއް ނޫނެވެ."

ޕްރެސްޓީވީ އާ ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ ހާލަތު ބަދަލުވި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މި މަސްދަރުގެ ބަހުން، "ހަނގުރާމައިގެ މާޙައުލެއްގައި، ސުލްޙައަށް ޖާގައެއް ނޯންނާނެ އެވެ."

އޭނާ ހާމަ ކުރި ގޮތުގައި ސުލްހަ އާ މެދު އީރާނަށް ވިސްނޭނީ ހަނގުރާމައިގެ ހާލަތު ބަދަލު ވެގެން ކަމުގައެވެ.

އިސްރާއީލުގެ ވެރިކަމުން ޖޫން 13 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފާޅުކަން ބޮޑު އަދި އެއްވެސް ސަބަބެއް ނެތި އުދުވާނީ ޢަމަލުތައް ހިންގައި، ގިނަ އަދަދެއްގެ އިސް ސިފައިންގެ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނާއި އާންމު ރައްޔިތުން ވަނީ މަރާލާފައެވެ.

ޖޫން 22 ވަނަ ދުވަހު، އެމެރިކާއިން ރަސްމީކޮށް އީރާނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ، އދ.ގެ ޗާޓަރާއި ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުޢާހަދާއާ ޚިލާފަށް އެ ޤައުމުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާ ދީފައިވެއެވެ.

ޖޫން 24 ވަނަ ދުވަހު، އިސްރާއީލުން ހަނގުރާމަ ހުއްޓާލާކަން އިއުލާނު މި އިޢުލާނު ކޮށްފައިވަނީ އެމެރިކާގެ ރައީސްގެ ފަރާތުންނެވެ.

- ކޮމެންޓް