Advertisement
ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 18:26
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު: ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވި
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު: ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވި
ރައީސް އޮފީސް
ބިންވެރިޔާ ސްކީމު
ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން: މުއްތޮލިބު
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ލޮކޭޝަން ވަނީ ބަދަލުވެފަ
f

ބިންވެރިޔާ ސްކީމުގެ ގޯތިތައް ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށު އަރާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށެވެ.

ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ

ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

އެގޮތުން ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ މާއްދާގެ ހ ގައި ބުނާ ގޮތުން ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބިމާބެހޭ ގާނުނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ މީހުންނަށެވެ.

މީގެއިތުރުން އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ ބިމާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށާއި މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ މަތިން ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ލޮކޭޝަން ވަނީ ބަދަލުވެފަ އެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ވަނީ ގުރު ނަގާފައި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާ އެކު ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށެވެ. އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާތީ، އާ ރަޖިސްޓްރީ އާއި އެއްބަސްވުން އެޕޮއިންޓުމެންޓު އުސޫލުން މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.e

- ކޮމެންޓް