ކ. މާލެ
|
20 ޖޫން 2025 | ހުކުރު 21:28
އެމްޑީޕީ ޖަލްސާ
އެމްޑީޕީ ޖަލްސާ
ޝުއައިބް މުހައްމަދު އިގްބާލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
އެމްޑީޕީން ޖަލްސާ ބާއްވަން ސަލްޓަން ޕާކު ހަމަޖައްސައިފި
މުއްތަލިބް ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް

ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާއި ގުޅުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުުމަށް ޖަލްސާ ބާއްވަން ތަނެއް ހަމަޖައްސައިދުނުމަށް އެދުމުން ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން ހަމަޖައްސައިފިއެވެ.

ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށާއި އަދި ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައިވެސް ނުވާކަމަށެވެ.

މުއްތަލިބް ވިދާޅުވީ، އެހެން ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާއި ގުޅުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުުމަށް ޖަލްސާ ބާއްވަން ތަނެއް ނުދިނުމުން މުލިއާގޭ ކަންމަތީގައި ޖަލްސާ ބާއްވަން ގަސްތުކުރާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެގޮތަށް އެކަން ކުރަން ގަސްތު ކޮށްފައިވަނީ އެކަމަށްޓަކާ ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެ ހަފްލާތައް ބޭއްވުމަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސް ޕާޓީ އަށް ނިސްބަތްވާ މެމްބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމަށް ނިންމި ނިންމުމަށް އެ ޕާޓީ އިން މަރުޙަބާ ކިޔާފައިވެއެވެ.

ދާދި ފަހުން ދަ ޑިމޮކްރަޓްސް އިން ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް އިޤުރާރުވެފަ އެވެ. އަދި އެ ޕާޓީ އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފައެވެ.

- ކޮމެންޓް