Advertisement
ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 19:42
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް
ރާއްޖެއެމްވީ
ސީއައިޕީ ޓަރމިނަލް
"ސީއައިޕީ ޓަރމިނަލް ކުއްޔަށް ދިނުމުން އަހަރަކު ލިބެން އޮތް 40 މިލިއަން ވަރަކަށް ޑޮލަރު ބޭރަސް ގޮސް ޑޮލަރު ތާށިވާނެ."
އެތަން ކުއްޔަށް ދޭން ޖެހޭ މަގްބޫލް ސަބަބެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ސީއައިޕީ ޓަރމިނަލް ބޭރުބަޔަކަށް ދީފި ނަމަ ދައުލަތަށް އެމްއޭސީއެލް މެދުވެރިކޮށް ލިބެން އޮތް ފައިދާގެ ބޮޑުބައެއް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި
f

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއައިޕީ ޓާރމިނަލްގެ ދެ ފަންގިފިލާ ބޭރުގެ ބަޔަކަށް ދީފި ނަމަ، އެކަމުގެ ރާއްޖެ އަށް ލިބެން އޮތް ޑޮލަރުން ބޮޑު ބައެއް ގެއްލޭނެ ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ސީއައިޕީ ޓަރމިނަލް ބޭރުބަޔަކަށް ދީފި ނަމަ ދައުލަތަށް އެމްއޭސީއެލް މެދުވެރިކޮށް ލިބެން އޮތް ފައިދާގެ ބޮޑުބައެއް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި މުވައްޒަފުން ބާކީ ވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ޖެޓްތަކަށް ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކުން 20 މިލިއަނެއްހާ ރުފިޔާ ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިސްބަތުން ބަލާނަމަ އެމްއޭސީއެލްގެ ޚިދުމަތް ފުރިހަމަ އަށް ދޭން ފެށުމުން އެ އަދަދު ގާތްގަނޑަކަށް ދެ ގުނަ ވެގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިސާލަކަށް 40 މިލިއަން ޑޮލަރަށް އަރަން އޮތް އެއްޗެއްގައި އެއްކަލަ ބޭރު މީހުން އަތުން 5 މިލިއަން ޑޮލަރު ނަގާފަ، 35 މިލިއަން ޑޮލަރު ބޭރަށް ދޫކޮށްލީމަ ސުވާލަކީ މިތަނުގައި ތިބެން އޮތް ޑޮލަރުން ބޮޑު ބައެއް ނޫންހޭ ދަނީ. އޭރުން ހަމަ އިތުރަށް ތާށިވަމުން ދަނީ. އަޅުގަނޑަށް ބޮޑަށް ހީވަނީ މި ފައިސާގެ ތެރެއިން ކޮންމެވެސް އެއްޗެއް މި ބޭފުޅުންގެ ޖީބަށް އަންނަ ގޮތަށް ހެން ރާވާފައި ހުރީ.

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް

މައުރޫފް ވަނީ އެއާޕޯޓުގެ ބައެއް ބޭރުބަޔަކަށް ދޭން ޖެހޭ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. ސީއައިޕީ ޓަރމިނަލް ބަޔަކަށް ދޭ އިރު އެތަން ކުއްޔަށް ދީގެން ހާސިލް ކުރަން ބޭނުންވާ ނަތީޖާ އާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން އެތަން ނުނިމިގެން ނުވަތަ އޮޕަރޭޓް ނުކުރެވިގެން، މާކެޓް ނުކުރެވުން ފަދަ ސަބަބެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެނަކަމުން އެތަން ކުއްޔަށް ދޭން ޖެހޭ މަގްބޫލް ސަބަބެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް