ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 11:05
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެ ޤައުމުގެ ރައީސް އައިސާކް ހާޒޮގް
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެ ޤައުމުގެ ރައީސް އައިސާކް ހާޒޮގް
ރޮއިޓަރސް
އިސްރާއީލް
އެމެރިކާ ދަތުރުގެ ކުރިން ނަތަންޔާހޫ، އެ ޤައުމުގެ ރައީސާ ބައްދަލު ކުރައްވައިފި
އެގޮތުން ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަނީ ބުނެފައި.
f

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގެ ކުރިން އެ ޤައުމުގެ ރައީސް  އައިސާކް ހާޒޮގްއާ ބައްދަލު ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ނަތަންޔާހޫ އެެމެރިކާ އަށް ވަޑައިގަންނަވާނެކަން މީގެ ހަފުތާއެއް ކުރިން އޮތީ އިއުލާން ކޮށްފަ އެވެ. އަދި ނަތަންޔާހޫ ގެންދެވީ އެމެރިކާ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ދަތުރުގެ ކުރިން އިސްރާއީލްގެ ރައީސް ހާޒޮގްއާ ބައްދަލު ކުރައްވައި ނަތަންޔާހޫ ވަނީ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އެމެރިކާ އަށް ވަޑައިގެން އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ނަތަންޔާހޫ ޓްރަމްޕްއާ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި ވެސް ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކައި، މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. އަދި މި ދަނޑިވަޅަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގޮވާލަމުން އަންނަ ދަނޑިވަޅެކެވެ. 

އިސްރާއީލްގެ ރައީސް ހާޒޮގްއާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާ އަށް ނަތަންޔާހޫ ކުރައްވާ ދަތުރުފުޅުގެ އެންމެ މައިގަނޑު މަޤުސަދަކީ ހަނގުރާމައިގައި ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް މަގު ފަހި ކުރުމެވެ. 

އެމެރިކާ އިން އިސްވެ ހުށަހަޅާފައިވާ ހަނގުރާމަ ހުއްްޓާލުމުގެ އެއްބަސްވުމުގައި ހިމަނާފައި ވަނީ 60 ދުވަހުގެ މުއްދަަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށެވެ. އަދި އެ މުއްދަތުގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރަހީނުންގެ ތެރެއިން ދިރިހުރި 10 މީހަކު ދޫކޮށްލާނެ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެެވެ. 

މީގެ އިތުރުން ވެސް ނަތަންޔާހޫ ވަނީ އިސްރާއީލްގެ ރައީސް ހާޒޮގާ އެކު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

- ކޮމެންޓް